
ޑްރަގް ޑީލް ކުރުމުގައި ބައެއް އެމްޕީން އާއި ސިޔާސީ ބައެއް މީހުން އުޅޭކަން އެންމެންނަށް އިނގޭކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މެމްބަރު އާދަމް ޝަރީފް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޑްރަގް ގެ މައްސަލައަށް ހައްލެއް ލިބޭނީ ސިޔާސީ މީހުންނާއި ވެރިން އެކަން ހުއްޓުވުމަށް އިހްލާސްތެރިކަމާއެކު މައްސަކަތް ކޮށްގެންކަމަށެވެ. އަދި ޑްރަގް ޑީލް ކުރުމުގައި ބައެއް އެމްޕީން އާއި ސިޔާސީ ބައެއް މީހުން އުޅޭކަން އެންމެންނަށް ވެސް އެނގޭ ކަމަށެވެ.
މެމްބަރު އާދަމް ޝަރީފް މިހެން ޓްވީޓް ކުރައްވާފައިވަނީ ”ދައުރު“ ނޫހުން ޖަހާފައިވާ ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ އާ ސީއީއޯ އިމާދު ސޯލިހް، މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދަން ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ މައްސަލައަށް އެކަށީގެންވާ ގާނޫނީ އޮނިގަނޑެއްނެތުން ކަމަށް ވިދާޅުވެފައިވާ ހަބަރާއި ގުޅުވައިގެންނެވެ.
Drug ge massala ah halleh libeynee siyaasee meehunnaai verin ekan huttuvumah ikhlaastherikamaaeku masakkaiy koggen! Drug deal kurumugai baeh MPs aai siyaasee baeh meehun ulheykan emmennah engey! E meehunnah vote nudhee! Compromise nuvaane meehaku hovaa!https://t.co/OmFeuZQvOy
— Adam Shareef Umar (@Adamshareefz) December 6, 2022
އިމާދު މިހެން ވިދާޅުވެފައިވަނީ ”ދައުރު“ ނޫހަށް ދެއްވާފައިވާ ހާއްސަ އިންޓަވިއުއެއްގައި، ރާއްޖޭގެ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގެ ނިޒާމުގައި ހުރި މައްސަލަތަކާއި ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.
މެމްބަރު އާދަމް ޝަރީފް ގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ، އެފަދަ ސިޔާސީ މީހުންނަށް ވޯޓު ނުދިނުމަށާއި، ”ކޮމްޕްރޮމައިޒް“ ނުވާނެ މީހާކު ހޮވުމަށެވެ.