ޚަބަރު

ޕާޓީ ކުރި މައްސަލައިގައި ހައްޔަރުކުރި 12 މީހުނަށް މުއްދަތު ޖަހައިފި

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަންގައި ހައްޔަރުކުރި 12 މީހުންގެ މުއްދަތު ޖަހައިފިއެވެ.

މި އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން، އާއްމު އުސޫލުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންނަކީ މާލެ އަދި ހުޅުމާލެއިން ހައްޔަރުކުރި މީހުންނެވެ.

އޮޕަރޭޝަންގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި ހިމެނެނީ 4 އަންހެނުންނާ 8 ފިރިހެނުންނެވެ. އެއީ 23 އަހަރާ 38 އަހަރާއި ދެމެދުގެ މީހުންނެވެ.

އެމީހުން ހައްޔަރުކޮށް ބަންދަށް މުއްދަތު ޖެހުމަށް ކޯޓަށް ޙާޒިރުކުރުމުން އެކި މީހުންނަށް ވަނީ އެކި މުއްދަތު ޖަހާފައެވެ. އެގޮތުން ބައެއް މީހުންގެ ބަންދަށް އެއް މަސްދުވަސްވެސް ޖަހާފައިވެއެވެ. އެ އެންމެންނަށްވެސް ފުލުހުން ކުރަނީ މަސްތުވާތަކެތި ބޭނުންކުރުމާއި،

މި މައްސަލާގައި ހައްޔަރުކުރި 37 އަހަރުގެ އަންހެން މީހާގެ ބަންދަށް ފަސް ދުވަސް، 31 އަހަރުގެ އަންހެން މީހާގެ މައްޗަށް 30 ދުވަސް، 27 އަހަރުގެ އަންހެން މީހާގެ މައްޗަށް ތިން ދުވަސް ޖަހާފައިވާއިރު، 26 އަހަރުގެ އަންހެން މީހާގެ މައްޗަށް ހަތް ދުވަސް، ހައްޔަރުކުރި އުމުރުން 38 އަހަރުގެ ފިރިހެން މީހާގެ މައްޗަށް 30 ދުވަސް، 34 އަހަރުގެ ފިރިހެން މީޙާގެ މައްޗަށް ފަސް ދުވަސް، 36 އަހަރުގެ ފިރިހެން މީޙާގެ މައްޗަށް ފަސް ދުވަސް، އުމުރުން 23 އަހަރުގެ ދެ ފިރިހެނުންގެ މައްޗަށް 30 ދުވަސް، 26 އަހަރުގެ ދެ ފިރިހެނުންގެ ތެރެއިން އެކަކަށް 15 ދުވަސް އަނެކަކަށް ފަސް ދުވަސް ވަނީ ޖަހާފައެވެ. އަދި 27 އަހަރުގެ މީހާގެ މައްޗަށް 15 ދުވަސް ވަނީ ކުރިމިނަލް ކޯޓުން ވަނީ މިއެއްމެން ވެސް ބަންދުގައި ބޭތިއްބުމަށް ނިންމާފައެވެ.

މިއެންމެންނަށް ކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅުމުގެ ތުޙުމަތެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުޤީޤުކުރަމުންނެވެ.

 

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button