ޚަބަރުސިޔާސީ

ޕީޕީއެމުން ދެ ބައި އިލެކްޝަން ކާމިޔާބުކޮށްފި

މިއަދު ބޭއްވި ނ.މަގޫދޫ އަދި ލ،ކަލައިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކާމިޔާބުކޮށްފިއެވެ.

ކަލައިދޫގެ އަންހެނުންގެ ކޮމިޓީގެ ގޮނޑި ޕީޕީއެމްގެ ސަފިއްޔާ ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެނޑިޑޭޓް ހުވައިލަތާއި ވާދަކޮށްގެންނެވެ. ސަފިއްޔާއަށް ލިބިފައިވަނީ 197 ވޯޓެވެ. އަދި ހުވައިލަތަށް ލިބުނީ 192 ވޯޓެވެ. މީގެއިތުރުން ނ.މަގޫދޫގެ އަންހެނުންގެ ކޮމިޓީގެ އިންތިޚާބު ޕީޕީއެމްގެ ކެނޑިޑޭޓް ޔުމްނާ ކާމިޔާބުކުރީ 124 ވޯޓުންނެވެ. އެމްޑިޕީގެ ފަރާތުން ވާދަކުރި ފަރީދާއަށް ލިބުނީ ޖުމްލަ 115 ވޯޓެވެ.

މިއަދު ބޭއްވުނު ދެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި ދެ ކެނޑިޑޭޓުންނަށްވެސް ޕީޕީއެމުން ވަނީ މަރުޙަބާ ދަންނަވާފައެވެ.

ފާހަގަކޮށްލެވޭގޮތުގައި މިފަހަކަށް އައިސް ބާއްވާ ހުރިހާ ބައި އިލެކްޝަންތައްވެސް ކާމިޔާބު ކުރަނީ އިދިކޮޅު ޕީޕީއެމުންނެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ދާއިރާތަކުގެ އިންތިޚާބު ވެސް މިއަދު ވަނީ ކާމިޔާބު ކަމާއިއެކު ނިންމާލާފައެވެ.

އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބު ހިނގަމުންދާގޮތް ބައްލަވާލެއްވުމަށްފަހު މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން އިދިކޮޅު ލީޑަރ ރައީސް ޔާމީން ވިދާޅުވީ އެންމެ ބޮޑު އަމާޒަކަށް ވާނީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުން އިންޑިއާ ބަލިކުރުން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button