ޚަބަރުސިޔާސީ

ކެނދިކުޅުދޫއިން ރައީސް ޔާމީނަށް ހޫނު މަރުހަބާއެއް!

ނ،ކެނދިކުޅުދޫއިން އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމަށް ހޫނު މަރުހަބާއެއް ކިޔައިިފިއެވެ.

ރައީސް ޔާމީން ނ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އެންމެ ފުރަތަމަ ވަޑައިގެންނެވީ އެ އަތޮޅު މާފަރު އެއާޕޯޓަށެވެ. އެއީ އެމަނިކުފާނުގެ ވެރިކަމުގައި ހެދި އެއާޕޯޓެކެވެ. އަދި މާފަރުން ކެނދިކުޅުދޫއަށް ވަޑައިގެންނެވީ މިއަދު މެންދުރު 14:00 އެހާކަން ހާއިރެވެ.

ރައީސް ޔާމީންގެ މި ދަތުރުފުޅުގައި ކެނދިކުޅުދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ ޕާޓީއަށް މެންބަރުން އިތުރު ކުރުމަށް ކުރިޔަށް ގެންދާ ހާއްސަ ކެމްޕެއިން ހަރަކާތެކެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ނ.ހޮޅުދޫއަށް މިއަދު ހަވީރު ވަޑައިގަންނަވާނެއެވެ. އަދި ހޮޅުދޫއަށް ފަހު މަގޫދޫ، މިލަދޫ، މަނަދޫ އަދި ވެލިދޫއަށް ޔާމީން ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button