ޚަބަރުސިޔާސީ

މަަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމުގެ މަޝްވަރާއަށް ރައީސް ޔާމީން އީޔޫގެ ވަފުދާ ބައްދަލުކުރައްވައިފި

މަސްވެރިން ބާނާ މަހަށް ބޮޑު އަގެއް ހޯދައިދިނުމާއި މަސްވެރިންގެ ކަންބޮޑުވުންތައް ހިއްސާކުރުމުގެ ބޭނުމުގައި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު ޔޫރަޕިއަން ޔޫނިއަންގެ މެމްބަރުންނާ ބައްދަލުކުރައްވައިފިއެވެ.

އިއްޔެ ހަވީރު ޕީޕީއެމް އޮފީހުގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ވަނީ މަސްވެރިންނަށް ރަނގަޅު އަގެއްގައި މަސް އެކްސްޕޯޓުުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ. މަސްވެރިންނަށް ފައިދާވާނެހެން ޔޫރަޕިއަން ޔޫނިއަނަށް ކުރެވޭނީ ކޮންކަހަލަ ކަންތައްތަކެއްތޯ އާއި މެދުވެސް މަޝްވަރާ ކުރެވުނެވެ.

މީގެ އިތުރުން ރާއްޖޭގެ މަސްރަހުގައި މިހާރު ހިނގާ އިގްތިސާދީ އަދި އިޖުތިމާއީ ކަންކަމުގެ ވާހަކައާއި، ގައުމުގެ ހާލަތު މިހާރު އޮތް ހިސާބުގެ ބައެއް ތަފްސީލީ މައުލޫމާތުތައްވެސް އީޔޫ އާއި ވަނީ ހިއްސާ ކުރެވިފައެވެ.

އިއްޔެގެ ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ ރާއްޖޭގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރައްވާނެ ގޮތުގެ ޕްލޭނެއް ހިއްސާކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button