ޚަބަރުސިޔާސީ

އަޅުގަނޑުގެ ސަރުކާރެއްގައި ސުލްހަވެރި އެއްވުންތަކަށް ހުރަސް އެޅުމަށް ފުލުހުންނަށް ޖާގައެއް ނޯންނާނެ: ރައީސް ޔާމީން

އެމަނިކުފާނުގެ ސަރުކާރެއްގައި ސުލްހަވެރި އެއްވުންތަކަށް ހުރަސް އެޅުމަށް ފުލުހުންނަށް ޖާގައެއް ނޯންނާނެ ކަމުގައި އިިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މަވެސް ޕީޕީއެމްގެ ނަމުގައި ހއ.އިހަވަންދޫގައި އިދިކޮޅުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަންކަން އޮންނަންވާނެ ކަމުގައެވެ. އެމަނިކުފާނު ވިދާޅުވީ ހިނގާ ކަމަކާ ނުބައްދަލު ބާރުގެ ބޭނުން ފުލުހުން ކުރުން ރަނގަޅު ނޫން ކަމުގައެވެ.

”ޓިއާ ގޭސް ބޭނުންކޮށްގެން އެހެން މީހުން ހައްޔަރެއް. މިއީ އަޅުގަނޑު ދޭ އިންޒާރެއް. ފުލުހުންނަކަށް އެޖާގައެއް ކުރިއަށް އޮތް ތަނުގައި ނޯންނާނެ.“ ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި ސުލްހަވެރިކަމާއެކު ކުރާ އިހުތިޖާޖުތަކުގައި ރައްޔިތުންނަށް އެއްވެ ތިބެވޭނެ އެވެ. އަދި އިތުރު ދައުރެއް ޔާމީނަށް ލިބިވަޑައިގެންފިކަމުގައި ވާނަމަ އެކަން ކަށަވަރު ކޮށްދެއްވާނެ ކަމުގައި ޔާމީން ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button