ޚަބަރު

ސަން ޓްރެވަލް ސިޔާާމްގެ ލޯންޗަކުން ޖެއްސުމަށްފަހު އެހީއަށް އެދުމުން ފިލައިފި

ސަން ސިޔާމް ގުރޫޕުގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު އަހްމަދު ސިޔާމްގެ ލޯންޗެއް ކަމަށްވާ (ސަން ސެޓް 30) މި ދިޔަ 2022 އޮކްޓޫބަރ 03 ވަނަ ދުވަހު ދުއްވާފައިދިޔަ ލޯންޗެއްގައި ޖެއްސުމަށްފަހު  ފިލައިގެން ދިޔަކަމަށްބުނެ ޓުވިޓާގައި ޒުވާނަކު ކަންބޮޑުވުން  ފާޅުކޮށްފިއެވެ.
ނަޒީހު އިސްމާއިލް ނަމަކަށް ކިޔާ މި ޒުވާނާ ކޮށްފައިވާ ޓުވީޓުގައި ބުނެފައިވަނީ، 3 އޮކްޓޫބަރ ވީ ހޯމަ ދުވަހުގެ ރޭ އޭނާ އާއި، އިތުރު 7 ރައްޓެހިން ކުއްޔަށް ނަގައިގެން ދިޔަ ލޯންޗެއްގައި ސަންސެޓް 22 ޖަހާފައިވާ ލޯންޗަކުން ގަސްތުގައި ޖައްސާފައި، އޭގައި ތިބި މީހުނަށް ލިބުނު ގެއްލުމެއް ބަލައިލުމެއްނެތި އެހީއަށް ގޮވުމުންވެސް ފިލާފައިވާކަމަށެވެ.

https://twitter.com/Nazeehismaiil/status/1578075330333794306?s=20&t=mkMvzAA3hDYzP3fSM8TdTQ

އެތައް ބައެއްގެ މުދަލައް ގެއްލުން ލިބި، ނަފްސާނީ އަދި ޖިސްމާނީ ގެއްލުންތަކެއް ލިބިފައިވާއިރުވެސް މި ހާދިސާ ހިންގުމުން ޕޮލިހަށް މައްސަލަ ހުށަހެޅެމުން،  އަޅާނުލާ ވާހަކަ އޮއްބާލަން ޕޮލިހުން މަސައްކަތްކުރިކަމަށާއި، އަދި މައްސަލަ ހުށައެޅި ފަހުން އަދި އަދަށް ވެސް މީހެއްގެ ބަޔާން ނަގަންވެސް ގުޅާފައިނުވާކަމަށް މިޒުވާނާ ބުނެއެވެ.

”ސަން ޓްރެވަލް ޝިޔާާމްގެ ލޯންޗަކުން ލިބުނު ގެއްލުންމީ. ޕޮލިސްއަށް ހުށައަޅައިގެންވެސް ކުރިއަކަށްވެސް ނުދިޔަ. އެއްވެސް ނިއުސް ޗެނަލް އަކުންވެސް ސަން ޓްރެވަލް ޝިޔާާމްގެ ކަމެއްވުމުން އެއްބަސްނުވި ޖަހަންވެސް“ މި ޒުވާާނާ މިވާހަކަތައް ކިޔައިދިނީ މާޔޫސްކަމާއެކުގައެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ”ބޮންތި“ އަށް ލިބުމުން އިތުރު މައުލޫމާތު ހިއްސާ ކުރާނެ ވާހަކަ ކިޔުންތެރިންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

4 Comments

  1. Port faraathuge medhuga jehuny ais ”Pearl“ namakah kiyaa launch eh gavaidhah balaanama port falhyga viyas ehen falhi eh ga viyas medhuthereyah launch dhimaa nukureveyne filan masakaiy kuree pearl launch ga thibi meehun sunsiyam launch ah araa kappi maraalaane kamuge inzaaru dhinyma

Leave a Reply

Your email address will not be published. Required fields are marked *

Back to top button