އެމްޑީއޭ ރައީސަށް ވުރެ ސްމާޓް ރީތި ބޭފުޅެއް މިއަދުގެ ރިޔާސީ ރޭހަކު ނެތް: މައުރޫފް

އެމްޑީއޭ ރައީސް އަހުމަދު ސިޔާމް މުހައްމަދަށް ވުރެ ސްމާޓް ރީތި ބޭފުޅެއް މިއަދުގެ ރިޔާސީ ރޭހަކު ނެތް ކަމަށް އެމްޑީއޭގެ ނައިބު ރައީސް އަދި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.
މައުރޫފް މިފަދައިން ވިދާޅުވެފައި މިވަނީ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. އެޕްރޮގްރާމްގައި ވާހަކަ ދައްކަމުން މައުރޫފް ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ ރޭހުގައި ވާދަކުރެއްވި އޭރުގެ ގައުމީ ޕާޓީގެ ލީޑަރު ޑރ ހަސަން ސައީދަށް 25000 ވޯޓް ލިބުނުކަމަށާއި އެ ހުރިހާ ވޯޓެއްވެސް ރައްޔިތުން ދީފައިވަނީ ހަސަން ސައީދުގެ ރީތިކަމަށް ބަލާފައި ކަމުގައެވެ.
މައުރޫފް އިތުރައް ވިދާޅުވިގޮތުގައި އެމެރިކާގައި ބިލް ކްލިންޓަން އަށް ވެސް އޮބާމާ އަށް ވެސް ވޯޓް ލިބެނީ މީހާގެ ރީތިކަމަށެވެ.
”އެހެންވީމަ އަޅުގަނޑުމެންގެ ރައީސަށް ވުރެ ސްމާޓް ރީތި ބޭފުޅެއް ނެތް މިއަދު ރިޔާސީ ރޭހަކު މީ އެމްޑީއޭއަށް އޮތް ވަރަށް ބޮޑު ޕްލަސް ޕޮއިންޓެއް.” މައުރޫފް ވިދާޅުވިއެވެ.
އެމްޑީއޭގެ ފަރާތުން މިފަހަރު 2023ގެ ރިޔާސީ ރޭހުގައި ވާދަކުރައްވާ ބޭފުޅަކީ އެޕާޓީގެ ރައީސް އަހުމަދު ސިޔާމް މުހައްމަދެވެ.
މައުރޫފު ކަލެއަށް ސިޔާމުރީއްޗަކަސް ދިވެހިރަށްޔިތުންނަށްއެގޭ ތިބުނާޝިޔާމުގެ މުޑުދާރު އަނގަ ޑިކަން މައުރޫފު ކަލޭ ޝިޔާމުގޮވައިގެން ގިރިއަށް މަހަށް ދާންވީއެއްނޫންތަ އެއިރުން ވަރަށްސުމާޓުވާނެ