
ބަނގުރަލުގެ ވިޔަފާރިކުރުމާއި ބޭނުން ކުރި މައްސަލާގައި ހައްޔަރު ކުރި އިންޑިއާ މީހަކު ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ދޫކޮށްލާފިއެވެ.
ކްރިމިނަލަ ކޯޓުން އަމުރު ކޮށްފައިވަނީ، 15 ދުވަހުގެ މުއްދަތަކަށް ފަހުގައި އިތުރަށް އޭނާ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ނިންމައި މިނިވަންކޮށްފައެވެ. މި މައްސަލަ ބައްލަވާ ނިންމެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލެވެ.
ކަލިދުރައި ސެންތިލްމުރުގަން ނަމަކަށް ކިޔާ އިންޑިއާ މީހާ ހައްޔަރުކޮށްފައިވަނީ ތިލަފުށިންނެވެ. ރާއްޖެއަށް އެކި މަޝްރޫއުތަކުގައި އަންނަ އިންޑިއާގެ ރައްޔިތުން ބަނގުރާ ބުއިމާއި، ބަނގުރަލުގެ ވިޔާފަރި ކުުރުމުގެ މައްސަަލަ އާންމުވެފައިވާ އިރު، ސަރުކާރުގެ އިދާރާތަކުން އެކަމަށް އެއްވެސް ހަރުދަނާ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.