ރިޕޯޓް

ލާއިންސާނިއްޔަތު ކަމުގެ ފުރިހަމަ މިސާލެއް!

އަހުމަދުއާބާދުގެ ނަވްރާތްރީ ގަރްބާ އިވެންޓަކަށް ގަލުން ތަޅައި އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބައެއް މުސްލިމް ފިރިހެނުން ވަނީ ގުޖުރާތުގެ ޚައިދާ ޑިސްޓްރިކްޓްގައި ތިބި ފުލުހުންގެ ބަޔަކު ދަނގަޑުބުރިއަކުން ބަނދެ، ޓްވިޓާގައި މިއަދު ވީޑިއޯތަކެއް ވައިރަލް ކޮށްފިއެވެ.

ފުލުހުންގެ އޮފިސަރުން އާދައިގެ ފޭރާންލައިގެން ތިބެ ފިރިހެނުންނަށް އަނިޔާ ކުރާ މަންޒަރު މި ވީޑިއޯގައި ފެނިގެންދާއިރު އާންމުންގެ ބަޔަކު މިކަމަށް ހިތަވަރުދޭތަން ފެނިގެންދެއެވެ.

ލޯކަލް ނިއުސް އައުޓްލެޓެއް ކަމަށްވާ ވީޓީވީ ގުޖުރާތީ ނިއުސް އިން ވެސް އެ ވީޑިއޯ ޝެއާކޮށް ބުނީ ”10-11 ލާދީނީ މީހުން އެ ވިލެޖަށް ގެނައީ، އެ ވިލެޖުގައި ފުލުހުން އެ މީހުންނަށް އާއްމުކޮށް ފިލާވަޅެއް ދަސްކޮށްދިނުމަށްކަމަށެވެ.
އެ މީހުން ”ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް“ އެދުނު ކަމަށާއި، އެ ސަރަހައްދު ހިންގުމާ ހަވާލުވެ ހުންނެވި ޕޮލިސް އިންސްޕެކްޓާ ވެސް ހުންނެވި ކަމަށް ރިޕޯޓުގައިވެ އެވެ.
އެންޑީޓީވީއަށް މިނިވަންކަމާއެކު އެ ވީޑިއޯގެ ސައްހަކަން ކަށަވަރު ކުރެވޭ ގޮތް ނުވެފައިވާއިރު، މި މައްސަލާގައި ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

މި ވީޑިއޯއަށް ރައްދުދެމުން ޓްވިޓާގައި މީހުން ވަނީ ފުލުހުންގެ ”ކެންގަރޫ ޖަސްޓިސް“ އާއި މެދު ސުވާލު އުފެދޭ އިރު، ”ކުއިކް ފިކްސް“ ދިފާއުކުރާ ގިނަ ބަޔަކު ތިބި ކަމުގައެވެ.

ޕީޓީއައި ނޫސް އޭޖެންސީ، ޕީޓީއައި އިން ރިޕޯޓުކޮށްފައިވާ ގޮތުގައި 150 އެއްހާ މީހުންގެ ގްރޫޕަކުން ރޭ ވަނީ ފައްޅިއެއްގެ ގޯތިތެރޭގައި އޮތް ގަރްބާ އިވެންޓަކަށް ގާތަކެއް އުކާފައެވެ. މި މައްސަލާގައި 43 ނަމެއް ވަނީ ހިމަނާފައެވެ.

ފުރަތަމަ އިންފޮމޭޝަން ރިޕޯޓް ނުވަތަ އެފްއައިއާރްގައިވާ ގޮތުން، އެ ވިލެޖުގެ މުސްލިމް ކޮމިއުނިޓީގެ މެމްބަރުން ވަނީ، ފައްޅިއެއްގެ އެކި ހިސާބުތަކުގައި ހުންނަ މިސްކިތެއްގެ ކައިރީގައި ގަރްބާ އިންތިޒާމު ކުރުމަށް ދެކޮޅު ހަދާފައެވެ.

މަތާރު ޕޮލިސް ސްޓޭޝަންގައި އެފްއައިއާރް ރަޖިސްޓްރީ ކުރުމުން ފުލުހުން ވަނީ 13 މީހަކު ހިފަހައްޓާފައި ކަމަށް ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ވީއާރް ބަޖްޕާއީ ޕީޓީއައި އަށް ވިދާޅުވި އެވެ. މި ހާދިސާ ހިނގުމާއެކު އެ ވިލެޖުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުން ދިޔައެވެ.

”ވިލެޖް ސަރްޕަންޗް (ހެޑް) ވަނީ ފައްޅިއެއްގައި ގަރްބާ އިންތިޒާމްކޮށްފައި. އެކަން ހުއްޓުވަން މި ކޮމިއުނިޓީގެ ބަޔަކު މަސައްކަތް ކުރި،“ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިސްޓަރ ބަޖްޕާއީ ވިދާޅުވި އެވެ.

މަދްޔަ ޕްރަދޭޝްގެ އުޖާއީން ގައި ހުންނަ ގަރްބާ ޕެންޑަލް އަކުން މުސްލިމް ފަސް ފިރިހެނަކު ރަހީނު ކުރި ނަމަވެސް ފުލުހުން ފަހުން ބުނީ އެމީހުން އެއްވެސް ކުށެއް ކޮށްފައި ނުވާ ކަމަށެވެ. ހައްޔަރު ކުރީ ހަމައެކަނި ޕްރިވެންޓިވް ކޮށް ކަމަށާއި، އެ މީހުން ވަނީ އޯގަނައިޒަރުންނާއި، ފުލުހުންނާ ޖަދަލުކޮށްފައި ކަމަށް ވެސް އޮފިސަރަކު ބުންޏެވެ.

އިންޑިއާގެ މުސްލިމް މުޖުތަމައުތަކަށް އެތައް ޒަމާނެއް ވަންދެން ތަފާތުކުރުންތައް ކުރިމަތިވެފައި ވާއިރު، ތަޖުރިބާކާރުން ބުނާ ގޮތުގައި ހިންދޫ ނޭޝަނަލިސްޓް ބީޖޭޕީގެ ސަރުކާރުގައި ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

އިންޑިއާގެ ވެރިކަމަށް އިންތިހާބުވި ފަހުން ހިންދޫ ނޭޝަނަލިސްޓް އެޖެންޑާއެއް ގެންގުޅެމުން އަންނަ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ޒައާމަތުގައި މުސްލިމުންނާ ދެކޮޅަށް އަޅަމުންދިޔަ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަވިއެވެ. މޯދީ ވެރިކަމަށް ވަޑައިގެންނެވި ފަހުން، ފާޑުކިޔާ ފަރާތްތަކުން ފާޅުގައި މުސްލިމުންގެ ހައްގުތަކަށް އިހުމާލުވެފައިވާ ކަމަށް ބުނެ، އެތައް މިލިއަން މުސްލިމުންނަށް ނުހައްގުން އަނިޔާ ދޭ ކަމަށް ބުނެ، ސަރުކާރުން ވަނީ ކޮންޓްރޮވާޝަލް ސިޔާސަތުތަކަށް ބާރު އަޅާފަ އެވެ. މޯދީގެ ޒައާމަތުގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ހަމަނުޖެހުންތައް ވަނީ އާންމުވެފަ އެވެ.

ވަޒީފާ އާއި ތައުލީމާއި ބޯހިޔާވަހިކަން ފަދަ ދާއިރާތަކުގައި މުސްލިމުންނަށް ވަނީ ތަފާތު ކުރުންތައް ކުރިމަތިވެފަ އެވެ. ސިޔާސީ ބާރާއި މުއްސަނދިކަން ހޯދުމަށް އެތައް ހުރަސްތަކެއް ކުރިމަތިވެ، ސިއްހީ ފަރުވާ އާއި އަސާސީ ހިދުމަތްތައް ނުލިބުމުގެ މައްސަލަ ވެސް ކުރިމަތިވެ އެވެ. ހަމައެހެންމެ، ދުސްތޫރީ ހިމާޔަތްތައް ލިބިދިން ކަމުގައިވީނަމަވެސް، ތަފާތުކުރުންތައް ތަހައްމަލު ކުރުމަށްފަހު، އަދުލު އިންސާފު ހޯދައިދިނުމަށް، އެމީހުން ވަރަށްގިނަފަހަރަށް ޖިހާދު ކުރަމުން ދެއެވެ.

މުސްލިމުންނަށް މިހާ ލާއިންސާނިޔަތުކޮށް އަމަލު ކުރަމުންދާއިރުވެސް ،%100 މުސްލިމް ރާއްޖޭގެ ވެރިކަމުގައި ތިއްބެވި ވެރިން މި “ ބައިގަނޑާ“ އެހާ ގާތް ގުޅުމެއް ބާއްވަން އަބަދުވެސް މަސައްކަތް ކުރަމުންދާކަން ފެނިގެންދާއިރު، މިކަމުން ދޭހަވަނީ، މިތަނުގައި އިސްލާމީ ވަންތަކަން އޮންނަން ވެރިކަމުގައި ތިއްބެވި ބޭފުޅުން ބޭނުން ނުވާކަމެވެ.

އިންޑިއާގެ މުސްލިމުންނަށް އިހާނެތިކޮށް ކަންތައް ކުރާ އިންޑިއާގެ ވެރިން ރާއްޖެއަށް ހެޔޮއެދޭނެކަމަށް ގަބޫލުކުރާނެ ގޮތެއް ހަމައެއްގޮތަކަށްވެސް ނުވިސްނެއެވެ. ”އިންޑިޔާ އައުޓް“ ދިވެހިން ގޮވާ މައިގަނޑު ސަބަބަކީވެސް ރާއްޖޭގައި ހަން ފަތުރާތީ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button