ސުނީތާގެ އެވޯޑްތައް – ބޮޑު އޮޅުވާލުމެއް!

ޒަމާނާއި އެއްގޮތަށް ދިވެހިންވެސް ކުރިއަރަމުން ތަރައްޤީވަމުން ދާއިރު، އެކި ފަންނުގެ އެކި ދާއިރާގެ މީހުންވެސް އުފެދެމުން މުޖުތަމަޢަށް ނުކުންނަކަން އެނގެއެވެ. އެކި ދާއިރާތަކުގައި ފުންނާބު އުސް އެތަކެއް ތަރިންނެއް ތިބި އިރުގައި، ހަމަ މި ދާއިރާ ތަކުގައި އެކި ނަންނަމުގައި އޮޅުވާލައިގެން ތިމާއަށް ނުލިބޭ ކާމިޔާބީ ދައްކަން އުޅޭ މީހުންވެސް މަދުނޫންކަން ފާހަގަކޮށްލެވެއެވެ.
މިފަދަ އެއް ތަރިއަކީ ނެށުންތެރިޔާ ސުނީތާ އަލީ އެވެ. ނެށުންތެރިޔާ ސުނީތާ ދިވެހިންނަށް އޮޅުވާލާ އެކު މީސްމީޑިއާ އެކައުންޓް ތަކުގައި ސުނީތާއަށް ލިބެމުން އަންނަ ތަފާތު އެވޯޑްތައް ފާހަގަކޮށް ޝާއިއުކުރެއެވެ. ބައެއް މީޑިއާ ތަކުން މި އެވޯޑް ތަކަށް ބޮޑު ސަމާލުކަމެއް ނުދެއެވެ.
ދާދި ފަހުން ނެށުން ތެރިޔާ ސުނީތާ ހޯދާފައިވާ ކާމިޔާބީއަކަށް ބަލާއިރު، އެއީ”ސައުތު އޭޝިއަން ޕާރޓްނާޝިޕް ސަމިޓް & ބިޒްނަސް އެކްސެލެންސް އެވޯޑްސް“ ގެ ނަމުގައި ހިންގަމުން ގެންދާ ސްރީލަންކާގެ އޯގަނައިޒޭޝަން އެކެވެ. ވަކި ފަރުދެއް ނަމަ 200 ޑޮލަރާއި 300 ޑޮލަރުގެ ރޭޓުން، ކުންފުންޏެއް ނަމަ 350 ޑޮލަރާއި 450 ޑޮލަރުގެ ރޭޓުން އަގު ނެގުމަށްފަހު އެވޯޑް ވިއްކަމުން ގެންދާ އޮގަނައިޒޭޝަނެކެވެ.
މީގެ ކުރީގެ ތާރިޚެއްގެ އެވޯޑަކަށް ބަލާލާނަމެވެ.
ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ބައިވެރިވެ ހަމަ މިފަދައިން އަގު ނަގައިގެން ކުރިއަށް ގެންދިޔަ ”އޭޝިއާ އެވޯޑްސް”ގެ ވެބްސައިޓަށެވެ. މި އެވޯޑްސްގައި އެބޭފުޅަކު އެދިލެއްވި ނަމެއް ޖެހުމަށްފަހު އެވޯޑް ބައްލަވައި ގެންނެވި ބޭފުޅުންނަށް އެވޯޑްތައް ދީ ނިންމާލިއެވެ.
މިއީ އިޙްލާޞްތެރިކޮށް މި ދާއިރާތަކުގައި މަސައްކަތް ކުރާ ފަންނުވެރިންނަށް ކުރެވޭ މަލާމާތެކެވެ. މިފަދަ ކާމިޔާބިއަކީ އޮޅުވާލުމެކެވެ.
ކަންކަން ހޯދާ ބެލުމުގެ މުހިންމުކަން ވިސްނިއްޖެ
ެ