ޚަބަރުސިޔާސީ

ޔައުމިއްޔާ ސައްހައެއް ނޫން, ރައީސް ޔާމީނާ ދެކޮޅަށް އުފެއްދި ހެއްކެތް

ވ.އާރަށް ކުއްޔަށް ދިން މައްސަލައާ ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުމުގައި މިއަދު ވަނީ 3 ހެއްކެއްގެ ހެކިބަސް ނަގާފައެވެ.
މިއަދުގެ އަޑުއެހުމުގައި ހުށައެޅުނު 3 ހެކިވރިންވެސް ހެކިބަސް ދީފައިވާނީ ދައުލަތުން ރައީސް ޔާމީނާއި ދެކޮޅަށް ހުށައަޅާފައިވާ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް (އީވައިސީ)އިން ޔައުމިއްޔާއަކާއި ގުޅޭގޮތުންނެވެ.

އެގޮތުން ރައީސް މި މައްސަލައިގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން އެ މައްސަލާގައި ހެކިންގެ ގޮތުގައި ހުށަހެޅުއްވި ތިން ބޭފުޅުންވެސް ވިދާޅުވީ އެ ޔައުމިއްޔާއަކީ ޞައްޙަ ޔައުމިއްޔާއެއް ނޫންކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން ދިފާއީ ހެކިންގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދާއި ރައީސް އޮފީހުގެ ކުރީގެ ވަޒީރު މުހައްމަދު މުޖުތާޒާއި، ރައީސް އޮފީހުގެ މިނިސްޓަރުކަމާއި ޔޫތު މިނިސްޓަރުކަންވެސް ކުރެއްވި އަޙްމަދު ޒުހޫރެވެ. މި ތިން ބޭފުޅުންވެސް ވިދާޅުވީ އީވައިސީގެ ބައްދަލުވުންތަކުގެ ޔައުމިއްޔާއަކީ އެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންގެ ސޮއި އޮންނަ ލިޔުމެއް ކަމަށެވެ. އަދި އެފަދަ ބައްދަލުވުމެއް އޮންނަ ދުވަހުގައި އެ ލިޔުމުގައި ސޮއިނުކުރެއްވޭ ބޭފުޅުންނަށް ޖެހިގެން އަންނަ ދުވަހު ނުވަތަ އޭގެ ފަހުގެ ތާރީޚެއްގައި އެ ލިޔުމުގައި ސޮއިކުރުވާ ކަމަށެވެ.

މިކަން އިތުރަށް ތަފްސީލުކޮށްދެއްވަމުން ކުރީގެ އިކޮނޮމިކް މިނިސްޓަރ ސައީދު އަދި ޒުހޫރުވެސް ވިދާޅުވީ އެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެއްގެ ޔައުމިއްޔާގައި އެ ބޭފުޅުންގެ ސޮއި ނެތްނަމަ އެ ޔައުމިއްޔާއަކީ ޞައްޙަ ޔައުމިއްޔާއެއް ނޫން ކަމަށެވެ. ތިން ވަނައަށް ހެކިބަސް ދެއްވިމުޖުތާޒު ވިދާޅުވި ގޮތުގައި އީވައިސީން ނިންމާ ކަންކަން ނިންމުމަށްފަހު ފޮނުވާ ޔައުމިއްޔާއަށް ބަލައިގެން އެކަމާ ގުޅޭ ރައީސް އޮފީހުގެ ޑިޕާޓުމެންޓުން ނޯޓެއް ތައްޔާރުކޮށް ރައީސަށް ފޮނުއްވުމުން، ރައީސް އެކަމުގައި ފެނިވަޑައިގަންނަވާ ގޮތެއް ގަލަމުން ލިޔުއްވާފައި ފޮނުއްވާ ކަމަށެވެ. ރައީސް އެކަމާ ގުޅިގެން ނިންމަވާ ނިންމެވުންތައް ރައީސް އޮފީހުން ވުޒާރާތަކަށް ފޮނުވުމަށްފަހު، އެ ސިޓީއާއި ޔައުމިއްޔާ އެކީ ރައީސް އޮފީހުގައި ފައިލްކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދައުލަތުން ރައީސް ޔާމީނާއި ދެކޮޅަށް ހުށައަޅާފައިވާ ޔައުމިއްޔާގައި އެއްވެސް ބޭފުޅެއްގެ ސޮއެ ނެތްކަން އަޑުއެހުމުގައި ވަނި ފާހަގަކޮށްފައެވެ. އަދި ހެކިންގެ ހެކިބަހުން އެއީ ސައްހަ ނޫން ޔައއުމިއްޔާއެއްކަން ދޭހަވާއިރު, ގިނަ ބަޔަކު ދަނީ މިއީ ދައުލަތުން ރައީސް ޔާމީނާ ދެކޮޅަށް އުފައްދާފައިވާ ހެއްކެތް ކަމަށް ބުނަމުންނެވެ.

މިއަދުގެ އަޑުއެހުމުގައި ހެކިބަސްދެއްވި 3 ހެކިވެރިންގެ ހެކިބަސްވެސް މިފަދައިން ދިނުމާއި ގުޅިގެން ދައުލަތުން ވަނީ 3 ހެކިވެރިންވެސް ޔައުމިއްޔާޣައި ސޮއެ ނުކޮށް ވަނީ ހަނދާން ނެތިގެން ކަމަށް, ނުވަތަ އެޔައުމިއްޔާއަކީ ސޮއެ ނުކުރާ ޔައުމިއްޔާއެއް ކަމަށް ދޭހަވާފަދަ މޭރުމުން ހެކިވެރިންގެ ޖަވާބު ގެނައުމަށް މަސައްކްތްކޮށްފައެވެ. އެހެން ނަމަވެސް ޝަރީއަތުން ވަނީ އެކަން ހުއްޓުވައި, ހެކިންނަށް ވަކި ގޮތަކަށް ޖަވާބުދިނުމަށް ނުބުނެވޭނެކަމަށް ބުނެ ދައުލަތުގެ ވަކީލުންނަށް އެފަދަ ކަންކަން ނުކުރުމަށް ނަސޭހަތްތެރިވެފައެވެ.

One Comment

  1. އާދައިގެ އޮފީހެއްގެ ޔައުމިއްޔާގައިވެސް އެކަމަށް ހުންނަ ވެރިޔަކު ސޮއިކުރާނެ އެހެން ނޫނީ ހަމަ ކޮންމެ އެއްޗެއް ލިޔެފަވެސް އޮވެދާނެ އެއްނު.
    ކުޑަދިން ދައްކާ ޒާތުގެ ވާހަކަ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button