
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރަށްރަށަށް ވަޑައިގެން ދައްކަވާ ވާހަކަފުޅުތައް ނުވަތަ ވިދާޅުވާ އެއްޗަކީ ރިޔާސީ ވައުދެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދުގެ މަޖިލިސް ޖަލްސާގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި ބައެއް މެންބަރުން ކުރެއްވި ސުވާލުގައި ރައީސް ސޯލިހު އެބޭފުޅުންގެ ދާއިރާގެ ރައްޔިތުން ނުވަތަ މެންބަރުންގެ އަރިހުގައި ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަންކަމާ ގުޅޭގޮތުން ސުވާލު ކުރައްވަން ފެއްޓެވުމުން އެކަން ހުއްޓުވުމަށް ފަހުގައެވެ.
”ވައުދެއްގެ ގޮތުގައި ބަލަން މިޖެހެނީ މެނިފެސްޓޯގައި ލިޔެފައިވާ ވައުދު. މީގެ ކުރީގަ ބައެއްފަހަރު އަޅުގަނޑަށް އެނގޭ ޕާޓީތަކުން ވިދާޅުވެފަ އެބަހުރިކަން އެއީ ބެނާތައް، ތަތްގަނޑުޖެހި ކުދިން ޖެހި އެއްޗެއް ކަން ވެސް.“ ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވިނަމަވެސް ރިޔާސީ ކެނޑިޑޭޓުން ނުވަތަ ރައީސަކު ރަށް ރަށަށް ވަޑައިގެން ކޮށްދެއްވާނެ ކަމަށް ވިދާޅުވާ ކަންކަމަކީ އެ ރަށު ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދުތަކެކެވެ.
އެހެންވީމާރައީސްރައްރަށައްވަޑާގެންރައްޔިތުންކުރިމައްޗައްއެވަޑާގަންނަވަނީ އިތުރުފުޅުހައްދަވަންތާ