ޚަބަރު

ލޮނުޒިޔާރާތް ޕާކު ކުއްޔަށް ދޫކުރާ އަގަށް ހެޔޮ ބަދަލެއް

މާލޭ ސިޓީ ކައުންސިލުން ބަލަހައްޓާ ލޮނުޒިޔާރަތް ޕާކު ކުއްޔަށް ދޫކުރާ އަގަށް ހެޔޮ ބަދަލެއް ގެނެސްފިއެވެ.

ކައުންސިލުން އިއްޔެ އާންމު ކުރި އުސޫލުގައި ވާގޮތުން ޕާކުގެ ޖުމްލަ ނުވަ ސަރަހައްދެއް ކުއްޔަށް ދޫކުރާނެ އަގު ވަނީ ހާމަކޮށްފައެވެ.

  • 1. ވަރުނުލާ ރާޅު ސަރަހައްދު 12 ގަޑި އިރަށް 3000ރ. އަށް
  • 2. ހޭޅި 1 ސަރަހައްދު 12 ގަޑި އިރަށް 6000ރ. އަށް
  • 3. ހޭޅި 2 ސަރަހައްދު 12 ގަޑި އިރަށް 7000ރ. އަށް
  • 4. އުސް ބަގީޗާ ސަރަހައްދު 12 ގަޑި އިރަށް 7000ރ. އަށް
  • 5. މެދު ބަގީޗާ ސަރަހައްދު 12 ގަޑި އިރަށް 7000ރ. އަށް
  • 6. މާމެލާމެލި ސަރަހައްދު 24 ގަޑި އިރަށް 10،000ރ. އަށް
  • 7. ފާލަން އައްސޭރި ސަރަހައްދު 12 ގަޑި އިރަށް 5000ރ. އަށް
  • 8.ކަސްރަތު ފެހި ސަރަހައްދު 12 ގަޑި އިރަށް 15،000ރ. އަށް
  • 9. ފެނާރު މައިޒާން ސަރަހައްދު 12 ގަޑި އިރަށް 3000ރ. އަށް

ކުރިން ލޮނުޒިޔާރަތް ޕާކު އާންމުކޮށް ދޫކުރީ އެއްގަޑިއިރާއި އަށް ގަޑިއިރަށެވެ. އެކަމަކު އޭރު ނަގަނީ ގަޑީގެ ފައިސާއެވެ. އޭރު އޮންނަ ގޮތުން ނަމަ، އަގުތަކަށް ބަދަލު އަންނަނީ 12 ގަޑިއިރަށާއި 24 ގަޑިއިރަށް ކުއްޔަށް ހިފާ ނަމަ އެވެ. ބާރަ ގަޑިއިރަށް ހިފާނަމަ، 10 ޕަސެންޓް އަދި 24 ގަޑިއިރަށް ހިފާ ނަމަ، 20 ޕަސެންޓްގެ ޑިސްކައުންޓެއް ލިބެއެވެ. އެ ނިންމުން ބަދަލުކޮށް ކައުންސިލުން އާންމު ކުރި އުސޫލުގައި ވާގޮތުން، މުޅި  ޕާކު 24 ގަޑިއިރަށް ކުއްޔަށް ދޫކުރަން ނިންމާފައިވަނީ 50،000ރ. އަށެވެ. އަދި ސިޔާސީ އެއްވެސް ބޭނުމަކަށް ޕާކު ކުއްޔަށް ދޫނުކުރަން ކައުންސިލުން ވަނީ ނިންމާފައެވެ.

ޕާކު ކުއްޔަށް ހިފަން ހުށަހަޅާން ޖެހެނީ އެ ކަމަށް ހާއްސަ ކޮށްފައިވާ ފޯމެއް މެދުވެރިކޮށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button