ޚަބަރުދުނިޔެ

ޝާހީ އާއިލާގެ އަންހެން ކަނބަލުން ޖަނާޒާގައި އަޅާފައިވާ ގަހަނާތަކުގައި ހާއްސަ މާނައެއް އެކުލެވިގެންވޭ

އިނގިރޭސި ރާނީ އެލިޒަބަތު 2 ގެ ރަސްމީ ޖަނާޒާގައި، ހާއްސަ އަހަންމިއްޔަތު ކަމެއް ދީ ޕާސަނަލް ކަނެކްޝަންތަކެއް ހުރި ގަހަނާ ތުރުކުރައްވާ ޝާހީ އާއިލާގެ އަންހެން ކަނބަލުން ހޯމަ ދުވަހު ވެސްޓްމިންސްޓާ އެބީގައި ބޭއްވި ރަސްމީ ޖަނާޒާގައި ބައިވެރިވެފައިވެއެވެ.

ބައެއް ގަހަނާތައް ރާނީގެ ފަރާތުން ޝާހީ އާއިލާގެ މެމްބަރުންނަށް ލޯނެއް ގެގޮތުގައި ވަނީ ދީފައެވެ. މިގޮތުން، ކެމީލާ، ކުއީން ކޮންސޯޓް، ޝާހީ އާއިލާގެ ކަލެކްޝަންގެ ތެރެއިން ތާރީހީ ޑައިމަންޑާއި ނީލަމުގެ ވައްތަރެއް އަޅައިގެން — މިއީ އެއް އިރެއްގައި ރާނީ ވިކްޓޯރިއާގެ މިލްކިއްޔާތުގައި އޮތް ”ހެސޭ ޖުބިލީ ޑައިމަންޑް ބްރޫޗް“ ނަމަކަށް ކިޔާ ބްރޯޗް އެކެވެ. ނަމަވެސް މޭގަން، ޑަޗަސް އޮފް ސަސެކްސް އަދި ވޭލްސްގެ ޕްރިންސެސް ޗާލޮޓް ވަނީ ރާނީ ގެ ފަރާތުން އެބޭފުޅުންނަށް ހަދިޔާކުރެއްވި ގަހަނާތައް ތުރުކުރައްވައިގެން ވަޑައިންފައެވެ.

މި ގަހަނާތައް ފެނިފައިވަނީ ލޯރެން ކެއިހްނާ އޭނާގެ ވެބްސައިޓްގައި ދުނިޔޭގެ ޝާހީ އާއިލާތަކުގެ ކަލެކްޝަންތައް ލިޔެފައިވާ ކޯޓް ޖުވެލަރީއިންނެވެ. ކެއިހްނާ ބުނީ އޭނާ ހީކުރީ މި ތާރީހީ ހަފުލާއަށް ޖުވެލަރީ އަކީ އެކަށީގެންވާ އަދި ރަމްޒީ ގަހަނާއެއް ކަމަށެވެ.

”އަވަހާރަވި ރާނީގެ ހަނދާނުގައި ވަރަށް ގިނަ ކަނެކްޝަންތައް ހުރި ބައިތަކެއް، އަދި އާއިލާ އާއި ރަސްކަމުގެ ތާރީހަށް ބާރުދޭ ބައިތައް ވެސް ހުރި،“ އެކަމަނާ ވިދާޅުވި އެވެ.

ކެއިހްނާ ބުނީ މިފަހަކަށް އައިސް ފެންނަމުން ދިޔަ ގިނަ ކަންތައްތަކަކީ ރަސްކަމުގެ ތަޚުތަށް އިތުރު ބާރެއް ގެނައުމާ ގުޅޭ ކަންތައްތަކެއް ކަމުގައެވެ. އަދި މި ގަހަނާގެ ސަބަބުން ޝާހީ އާއިލާއިން ކުރިއަށް ދިއުމަށް މަސައްކަތް ކުރާނެ ލެގަސީގެ ހަނދާން އާކޮށްދިނުމުގެ ގޮތުން މަސައްކަތް ކުރުމަށް އެހީތެރިވެދިން ކަމަށް އޭނާ ބުންޏެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button