ޕެނަކަ ކޯފަރޭޝަންގެ ޗެއާމަން މުހައްމަދު ރަޝީދާއި މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމަށްފަހު އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު (އިބުރޭ) އެ މަގާމުން މި މަހުގެ 7 ވަނަ ދުވަހު އިސްތިއުފާ ދެއްވައިފިއެވެ.
މަގާމުން އިސްތިއުފާ ދެއްވައި ސައީދަށް ފޮނުވާފައިވާ ސިޓީގައި ވިދާޅުވީ، އެ ކުންފުނި ހިންގަމުންދަނީ ޗެއާމަން ރަޝީދާއި އެމްޑީ ސައީދުގެ ”އަމިއްލަ ކުންފުންޏެއް“ގެ ގޮތުގައި ކަމުގަ އެވެ.
މަތި އުތުރު ޕްރޮވިންސްގެ ރައީސްގެ ހައިސިއްޔަތުން އެމްޑީޕީގެ ގައުމީ މަޖިލީހުގައި އިންނަވާ އިބްރާހިމް ވަހީދު، ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކޮށްފައިވަނީ ޖެނުއަރީ 2019ގަ އެވެ.
ގައްދޫ ދާއިރާގެ ރައީސްގެ ހައިސިއްޔަތުން އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވެސް އިންނަވާ ސައީދު ވިދާޅުވި ގޮތުގައި، އިބްރާހިމް ވަހީދުގެ އިސްތިއުފާ ގަބޫލު ކުރަން ބޯޑުން ނިންމީ، އޭނާ އެގޮތަށް އެދިފައިވުމާއި ކުންފުންޏަށް ވެސް ”އޭނާގެ ފަރާތުން ހިދުމަތެއް މިހާރު ނުލިބޭތީ“ ކަމުގައެވެ.
އިބުރޭ ސައީދު އަށް ކުރައްވާފައިވާ ތުހުމަތުތައް އޭނާ ވަނީ ދޮގު ކުރައްވާފައެވެ.