ޚަބަރު

އާމްދަނީގެ ގޮތުގައި މީރާ އަށް 15.3 ބިލިއަން ރުފިޔާ

ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މިއަހަރު ޖޫންމަހު 15 ބިލިއަން ރުފިޔާ މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާ) އަށް ލިބިއްޖެއެވެ.

މިއީ މި މުއްދަތުގެ ތެރޭގައި މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު 5.8 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު އޮގަސްޓް މަހު މީރާއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.32 ބިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު 46.7 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ލިބިފައިވަނީ 1.28 މިލިއަން ރުފިޔާއެވެ.

އެކުންފުނިން ލިބޭނެކަމަށް ލަފާ ކުރި އަދަދަށް ވުރެ 5.9 ޕަސަންޓް އިތުރު އަދަދެއް މިދިޔަމަހު ލިބިފައިވެއެވެ. މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ ލިބުނު އާމްދަނީގެ 48.7 ޕަސަންޓް ނުވަތަ 645.8 މިލިއަން ރުފިޔާ އެވެ.

އެންމެ ބޮޑު އާމްދަނީއެއް ދެވަނައަށް މީރާއަށް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ 19.9 ޕަސަންޓް ނުވަތަ 263.9 މިލިއަން ރުފިޔާއެވެ. ތިންވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ގްރީން ޓެކްސްގެ ގޮތުގައެވެ. އެއީ 5.5 ޕަސަންޓް ނުވަތަ 73.1 މިލިއަން ރުފިޔާ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button