ތިލަ-މާލެ ބްރިޖް ޕްލެޓްފޯމް ފަރަށް އެރިފަހުން ފަރުގައި ބޮޑެތި ވަޅުގަނޑު ތަކެއް!

ތިލަ-މާލެ ބްރިޖް އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމް ފަރަށް އެރިފަހުން ފަރަށް ލިބުނު ގެއްލުންތަކުގެ ޕޮޓޯ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ހަތަރު ގަންޑުފޮޓޯ ހާމަކޮށްފިއެވެ.
އީޕީއޭއިން ފަރަށް ލިބިފައިވާ ގެއްލުންތަކުގެ ހަތަރު ފޮޓޯއެއް އާމުކުރި އިރު ފެންނަނީ ބޮޑެތި ބޮޑެތި ވަޅުގަންޑު ތަކެއް ހުރިތަނެވެ.
އޭގެން އެއް ޕޮޓޯއިން ފެންނަނީ ޑައިވަރަކު އެވަޅުގަނޑަށް އެރި ހުރިތަނެވެ. އެހެންކަމުން ބެލެވެނީ އެވަޅުގަނޑުގެ ފުންމިނުގައި 15ފޫޓް ފުޅާމިނުގައި 10ފޫޓް ހުންނާނެ ކަމުގައެވެ. އަދި ދެންހުރި ފޮޓޯ ތަކުން ވެސް ފެނާން ހުރީ ގިނަ ވަޅުގަނޑު ތަކަކާއި، ރެނދު ތަކުގެ ސަބަބުން ފަރުގެ ދިރުން ނެތި މަރުވެފައި ވާތަނެވެ.
އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނަޢީމް ވިދާޅުވީ އެއީ ޕްލެޓްފޯމުގެ ފައިތަކުން ލިބިފައިހުރި ގެއްލުންތައް ކަމަށް ބެލެވޭ ކަމުގައެވެ.
ޕްލެޓްފޯމް ފަރަށްއެރީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. އެ ޕްލެޓްފޯމު ނެގުނީ ޕްލެޓްފޯމް ފަރަށް އެރިތާ 12 ދުވަސް ފަހުން މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.
Ei adhi gehlumehnoon India kunfuni dhoa ? Nuvaane gehlumeh