ޚަބަރުސިޔާސީ

ރައީސް ޔާމީންގެ ޝަރީޢަތް ވަރަށް ގާތުން އެބަ ބަލަން: އަމްރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަގައި މަނީ ލޯންޑަރިން ހިންގި ކަމަށްބުނެ ކުރާ ދައުވާގެ ޝަރީއަތްތައް ވަރަށް ގާތުން ބައްލަވަމުންދާކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާ ދައުވާގައި އިއްޔެ ކުރިއަށްދިޔަ ޝަރީއަތުގައި ދައުލަތުގެ ވަކީލުން ސަކަރާތް ޖަހާތީ އެކަން ތަކުރާރުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ދެއްވުމާއި ގުޅިގެން އެކަމަށް އިޝާރާތްކުރައްވަމުން ކުރެއްވި ޓްވީޓެއްގައެވެ.

އަމްރު ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ސީދާ ޕްރޮސެކިއުޓަރ ޖެނެރަލް ވަޑައިގަތުން މުހިންމު ކަމަށާއި މި ޝަރީއަތް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ.

”ކުރީގެ ރައީސެއްގެ ޝަރީއަތް އަދި ރާއްޖޭގަ ހިނގި އެންމެ ބޮޑު ޚިޔާނާތުގެ ޝަރީއަތަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ސީދާ ޕްރޮސެކިއުޓަރ ޖެނެރަލް ވަޑައިގަތުން މުހިއްމު. މި ޝަރީއަތް ވަރަށް ގާތުން ބަލަމުން މިދަނީ“ އަމްރު ވިދާޅުވިއެވެ.

=ރާއްޖޭގެ މަނިޓަރީ ޤާނޫނާއި ހިލާފަށް އެތެރޭގެ މުއާމަލާތްތަކުގައި އެސްޓީއޯ އިން ޑޮލަރުގެ މުއާމަލާތް ހިންގަވާ އަމްރު މިފަދައިން ޓްވީޓް ކުރައްވާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑީގެ ބައިއިލެކްޝަނުގައި އެމްޑީޕީން ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަމްރު ވަނީ ރައީސް ޔާމީން އަނބުރާ ޖަލަށް ވަޑައިގަންނަވަންޖެހޭނެ ކަމަށް ވިދާޅުވެ އިންޒާރުވެސް ދެއްވާފައެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަމްރު ވަނީ ރައީސް ޔާމީން ޖަލަށް ވަޑައިގަންނަވަންޖެހޭ ކަމަށާއި، އަންނަ ރަމަޟާން މަހަަށް ހަނދު ބެލުމުގެ ކުރިން ރައީސް ޔާމީން ހުންނަވާނީ ޖަލުގައި ކަމަށް ވަރަށް ޔަގީން ކަމާއިއެކު ވިދާޅުވެފައެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ކަމުގެ މަޤާމާއި އަމްރު ހަވާލުވިއިރު އަމްރު އަތުގައި މާގިނަ މުދަލެއް ނެތް ނަމަވެސް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށްވިތާ ދުވަސްކޮޅެއް ނުވެ އަމްރު ވަނީ އާދަޔާ ހިލާފަށް މުއްސަނދިވެ، މާލެއިން 8.4 މިލިއަން ރުފިޔާގެ ބޮޑު ބިމެއް ބައްލަވައިގަނެފައެވެ. މީގެ އިތުރުން މިވީ 4 އަހަރުގެ ކުރު މުއްދަތުގައި އަގު ބޮޑު ގަޑިއެއް ބައްލަވައިގަނެފައިވާއިރު، އޭނާ ދުއްވަނީ ޑޮމެއިންޖެހި އަގު ބޮޑު ކާރެކެވެ.

ރައީސް ޔާމީން ޖަލަށް ވަޑައިގަންނަވަންޖެހޭނެ ކަމަށް ވިދާޅުވެ ސަރުކާރުގައި ހިމެނޭ އެމްޑީޕީގެ އިސްވެރިން އެމަނިކުފާނަށް އިންޒާރުތައް ދެމުން އަންނައިރު ރައީސް ޔާމީންގެ ޝަރީޢަތަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަމަށް އެމަނިިކުފާނުގެ ވަކީލުންގެ އިތުރުން އިދިކޮޅު ކޯލިޝަނުން ދަނީ ތުހުމަތުކުރަމުންނެވެ.

 

6 Comments

  1. މީނަ ކޮން ވާހަކައެއްދައްކަތޯމިއުޅެނީ މުޅި އެސް.ޓީ.އޯ. ކައި ހުސްކޮށްގެން އަންނަ ސަރުކާރަކުން މީނަގެ މައްސަލަ ބަލާނެ….

  2. ކަލޭ ބެލިއްޔާ ވަކިކޮންކަމެއްތަވާނީ ތިޔައީ ވެސް ބޮޑުވަގެއް އެސް ޓީ އޯ ދަވާލައިފި ބާ ބޯޓު ތަކެއްގަނެ އެތައް މިލިޔަން ރުފިޔާއެއް ކާލައިފި މިހާރުވެސް ތިން ބޯޓު ލަންކާ ޑޮކުޔާޑުގައި އެއޮތީ ބާ ދަނގަޑަށް ވިއްކާލާ ވަރުގެ ބާ ތިން ބޯޓު ތިޔަގަތީ ވަގު ކަލޭގެ

  3. މިދެން ކާކު.. ނާގާބިލު މަރުމޯލެއް.. މުޅި އެސް ޓީ އޯ އޮޔާދުއްވާ ލައިފި.. ކަލޭ އަށް އިނގޭނީ މުޒާހަރާތަކަށް ނިކުމެ ކަރުން ނާރު ނަގާފަ ފެލެން. ބޮޑު މުސާރަ ނަގަން ތެލުގެ އަގު އިރު އިރު ކޮޅާ ބޮޑު ކޮށް ކޮށްފަ ރައްޔިތުން ދެކުން ކަލޭ ކަމަކީ.. އަހަރުމެން އެކަން އެއަށްވުރެ ގާތުން ބަލަމުން މިދަނީ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button