ޚަބަރުސިޔާސީ

ޕީޕީއެމްގެ އެތެރޭގެ އިންތިހާބު: މެދު ހެންވޭރު ދާއިރާއަށް ވީބީ ހަސަން ވާދަކުރައްވަނީ

އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބުގައި މެދު ހެންވޭރު ދާއިރާއަށް ވާދަކުރައްވަން ވީބީ ބްރަދާސްގެ މެނޭޖިން ޑަައިރެކްޓަރު ހަސަން ޝިޔާމް (ވީބީ ހަސަން) ފޯމު ހުށަހަޅުއްވައިފިއެވެ.

މެދު ހެންވޭރު ދާއިރާގެ ރައީސް ކަމުގެ މަގާމަށް އެދި ހަސަން ފޯމު ހުށަހެޅުއްވީ އާދީއްތަ ދުވަހުގެ ރޭގައެވެ.  ވަގުތެއްގައެވެ. ވީބީ ހަސަނަކީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެދު ހެންވޭރު ދާއިރާއަށް ވާދަ ކުރައްވައި ގިނަ ބައެއްގެ ތާއީދު ހޯއްދެވި ބޭފުޅެކެވެ.

އިނގިރޭސިވިލާތުގެ ނޮޓިންގހަމް ޓްރެންޓް ޔުނިވާސިޓީއިން ބިޒްނަސް އެންޑް މެނޭޖުމެންޓް ދާއިރާއިން ބެޗެލާސް އޮފް ހޮނާޒް ހާސިލް ކުރައްވާފައިވާ ހަސަން ފާހަގަވެފައިވަނީ ރާއްޖޭގެ ޓްރޭޑިންގ ވިޔަފާރީގައި ކާމިޔާބު ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން އޭނާގެ އާއިލީ ވިޔަފާރި ވީބީ ބްރަދާސް އަށް 2005 ވަނަ އަހަރުން ފެށިގެން އައި ބޮޑެތި ބަދަލުތަކުގައި ހަސަންގެ ދައުރު ބޮޑެވެ. އަދި ޖެހިގެން އައި 2006 ވަނަ އަހަރު އޭނާ ވަނީ ޕްލެޓީނިއަމް ކެޕިޓަލް ހޯލްޑިންގްސްގެ ވިޔަފާރީގައި ހަރަކާތްތެރިވާން ފައްޓަވާފައެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ބޮޑެތި ބްރޭންޑުތަކާއި އަމިއްލަ ކޮންސެޕްޓްތައް ތަރައްގީ ކުރައްވައި ކާމިޔާބު މަސައްކަތްތަކެއް އެ ދާއިރާގައި ކުރެއްވުމުގައި ހަސަނަކީ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން އޭނާ މިހާރުވެސް ގެންދަވަނީ ވިލަމެންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާގެ ޑިރެކްޓަރު ކަމުގެ މަގާމު އަދާ ކުރައްވަމުންނެވެ.

ހަސަނަކީ މިއަދު އޭނާގެ އަމިއްލަ ވިޔަފާރި ކަމުގައިވާ ވާލީ އިންޓަނޭޝަނަލް އިން ކޮލެޓީ އަދި އިތުބާރު ހިފޭ ބްރޭންޑުތައް ރާއްޖެއަށް އިމްޕޯޓްކޮށް ޑިސްޓްރިބިއުޓް ކުރާ ފަރާތެކެވެ. ތުރުކީގެ މަޝްހޫރު ޑޯނާ ކެބާބްގެ ރަހަމީރު ޕިއްޒާ އާއި ޔުފްކާގެ އިތުރުން އޭނާ އަކީ މޫވެންޕިކް އައިސްކްރީމްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button