ޚަބަރުސިޔާސީ

އާރަށުގެ މައްސަލައިގައި އިއްޔެ ބާވަން ހަމަޖެހިފައިވާ އަޑުއެހުން ކެންސަލްކޮށްފި

ވ.އާރަށް ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް, ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދެ ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

އިއްޔެގެ އަޑުއެހުމަށް ތާވަލުކޮށްފައި އޮތީ ދިފާއީ ހެކިންގެ ތެރެއިން އިތުރު 3 ހެކިންގެ ހެކިބަސް ނެގުމެވެ. ބުދަ ދުވަހު ރައީސް ޔާމީނުގެ ފަރާތްޕުޅުން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅުއްވާފައިވާ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝްގެ ހެކިބަސް ވަނީ ނަގާފައެވެއެވެ.

ނަރީޝް ވިދާޅުވީ ވަކި ދުވަހެއް ހަނދުމަފުޅު ނެތްކަމުގައި ވިޔަސް އެ ފައިސާއާ އޭނާ ހަވާލުވެވަޑައިގަތީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ކާރު ޑުރައިވަރެއްގެ ގޮތުގައި ކުރިން އުޅުއްވި ޢަބްދުﷲ ނަމަކަށް ކިޔާ ބޭފުޅަކާ އެއް ހާޒިރުގައި ކަމަށެވެ. ނަރީޝްގެ ހެކިބަހުގައި ބުނެފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ކުރީ ކޮޅުގައި ރައީސް ޔާމީން ޑޮލަރު ބައްލަވައިގަތުމަށް 15 މިލިއަން ރުފިޔާ އޭނާގެ ހަވާލުގައި މި މައްސަލާގައި ދެން ދައުވާ އުފުލާފައިވާ ޔޫސުފު ނައީމަށް ގެންގޮސްދެއްވި ކަމަށެވެ. އަދި އެ ފައިސާ ޔޫސުފު ނައީމުގެ ގެއަށް ގެންދެވީ ޢަބްދުﷲ އާއި ނަރީޝްކަމަށާއި, އަދި އެ ފައިސާ ގެންގޮސްދިނުމުން ފައިސާ ލިބުނު ކަމުގެ ލިޔުމެއްގައި ޔޫސުފް ނައީމް ސޮއިކުރެއްވި ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ޞިއްޙީ ޙާލުކޮޅު ހުރި ގޮތުން އިއްޔެގެ އަޑުއެހުން ފަސްކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވާތީ އިއްޔެގެ އަޑުއެހުން ކެންސަލްކޮށްފައިވާކަމަށް ކުރިމިނަލް ކޯޓުން ބުނެފައިވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button