ޚަބަރު

ޗެކުން ކުރެވޭ މުއާމަލާތްތައް ލިމިޓްކުރަނީ

ޗެކުން ކުރެވޭ މުއާމަލާތްތައް އަންނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ލިމިޓްކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.

އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނަގުދު ފައިސާ އާއި ޗެކު ބޭނުންކުރުން މަދުކޮށް ޑިޖިޓަލް ޕޭމަންޓް ހިދުމަތް ބޭނުންކުރާ މިންވަރު އިތުރުކުރުމަށްޓަކައި، ބޭންކްތަކާ ގުޅިގެން ރާއްޖޭގައި ޗެކް ބޭނުންކުރާ މިންވަރު މަދުކުރުމާބެހޭ އެކްޝަން ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ. މި އެކްޝަން ޕްލޭން އެމްއެމްއޭ އިން އިއުލާންކުރީ މި އަހަރުގެ އެޕްރީލް މަހުއެވެ.

މިއެކްޝަން ޕްލޭންގެ ދަށުން އެންމެ ފުރަތަމަ ތަންފީޒުކުރެވޭ ނިންމުމަކީ ރާއްޖޭގައި ޗެކު ބޭނުންކޮށްގެން މުއާމަލާތްކުރެވޭނެ އެންމެ މަތީ އަދަދަކީ ދިވެހި ރުފިޔާއިން ނަމަ 50،000 އަދި ޔޫއެސް ޑޮލަރުން ނަމަ 3،000 ކަމުގައި އެ އޮތޯރިޓީން ވަނީ ކަނޑައަޅާފައެވެ.

އޭގެތެރޭގައި ވަކިވަކި ފަރުދުންނާއި، ހުރިހާ ވިޔަފާރިތަކުން ދިވެހިރާއްޖޭގައި ޗެކު ބޭނުންކޮށްގެން ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނެއެވެ.

ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، މިކަމާ ގުޅިގެން ގެނެވޭ އެންމެހާ ބަދަލުތަކާގުޅޭ މައުލޫމާތު އެކަށީގެންވާ މުއްދަތެއްގެ ކުރިން ކަސްޓަމަރުންނާ ހިއްސާކުރުމަށް ބެންކުތަކަށް އަންގާފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

މިހާރު ނިންމާފައި އޮތް ގޮތުން ޗެކުން ކުރެވޭ މުއާމަލާތް ލިމިޓްކުރުމުގެ އުސޫލަށް އަމަލުކުރަން ފަށާނީ 1 އޭޕްރިލް 2023 ގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button