ކާރެއްގެ އަގު ބެލީ ނަޝީދު ބޭނުން ކުރަން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ކާރެއްގެ އަގު ނުބަލާކަމަށާ ކާރު ބެލީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ބޭނުމަށް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ބުނެފައި ވަނީ ރައީސް ނަޝީދުގެ ބޭނުމަށް މިފަހުން ކާރެއް ބެލިކަމަށާ އެއިގެ ބޭނުމަކީ ރައީސް ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމަށްޓަކައި އެމަނިކުފާނު ބޭނުންކުރެއްވުމަށް ކަމަށެވެ.
ރައީސް ސޯލިހާއި އަނބިކަބަލުން ފަޒްނާ ދުއްވަން މާސިޑީޒް ބެންޒް ކާރެއް ގަތުމަށް ހަތް މިލިއަން ރުފިޔާގެ ދެ ކާރު ގެނައުމުގެ މަސައްކަތް ޑިފެންސް މިނިސްޓްރީން ކުރަމުންދާ ކަމަށް ބުނެ ރާއްޖޭގެ ނޫސްތަކުން ފަތުރާ ހަބަރަކީ ކަނޑައެޅިގެން ދޮގެއްކަމަށް ރައީސް އޮފީހުން ބުނެފައެވެ.
އެހެން ނަމަވެސް ރައްޔިތުން މަޖިލީހުގެ ރައީސްގެ ސެކުރިޓީ ސަބަބުތަކަށް ކާރު ގެނައުމަށްޓަކައި މިދިޔަ އަހަރުގެ މެއި ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ ގުޅިގެން މަޖިލީހުން ކުރިއަށް ގެންދިޔަ އިންކުއަރީއަށް ފަހު އެކުލަވާލި ރިޕޯޓްގައި ސަރުކާރަށް ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން ކާރެއް ގަތުމަށް އަގުބެލިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
Gaumah jehifa oiy vabaa eh
ނަސީދުއަމިއްލަހަރަދުގާވެސް ކާރެއްގަނެ ޭޭޭނެވ