ކެނެރީގެ ތެރޭގައިވެސް ލިވާތުގެ ނުބައި ފާހިޝް އަމަލު ހިންގިކަން އަލަމްގީރުގެ ބަޔާނުން އެނގޭ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައިފުނަ ގެކޮޅު ކަމުގައިވާ ގ.ކެނެރީގެ ތެރޭގައިވެސް ލިވާތުގެ ނުބައި ފާހިޝް އަމަލު ހިންގިކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ ގިނަ އަދަދެއްގެ ބަޔަކާއެކު އެކިފަހަރު މަތިން ލިވާތު ކުރި ބަންގްލަދޭޝްގެ އަލަމްގީރު ބަންދުގައި ހުރެގެން ފުލުހުންނަށް ދީފައިވާ ބަޔާނުންނެވެ. ރޭގެ ވަގުތެއްގައި ލީކު ކޮށްލި އެ ބަޔާނުން އެނގޭ ގޮތުގައި އަލަމްގީރް ހަމައެކަނި ދަންނަނީ ރައީސް ނަޝީދުގެ ކޮއްކޮ އަހުމަދު ނާޒިމް އަބްދުއްސައްތާރެވެ. ދެން އޭނާ އާއިއެކު ލިވާތު ކުރި މީހުންނަކީ ސީދާ ކޮންބައެއްކަމާއި، އެމީހުންގެ ފަތިފުށް ނޭނގުނަސް ނާޒިމަކީ އަލަމްގީރާ ވަރަށް ހާއްސަ ގުޅުމެއް އޮންނަ މީހެއްކަން ބަޔާނުން އެނގެއެވެ.
ނާޒިމް އާއި އެއްކޮށް ލިވާތު ކުރިކަމަށް އަލަމްގީރް އެއްބަސްވެފައިވާއިރު، އޭނާ ވަނީ ނާޒިމް ދަންނަ ގޮތްވެސް ކިޔައިދީފައެވެ. އެގޮތުން އޭނާ ނަޒިމް ދަަންނަނީ ޖިންސީ އެދުން ފުއްދަން ބޭނުންކުރާ ތަފާތު މަސްނޫއީ އާލަތްތަކާއި އެނޫންވެސް ހަދިޔާ ބަދިޔާ ދޭތީކަމާއި، ނަގުދު ފައިސާވެސް ދޭކަމަށް އަލަމްގީރް ބުނެފައިވެއެވެ.
އަލަމްގިރިގެ އިއުތިރާފު ބަޔާން: ފިރިހެން ކުޅި ލޯބީގެ ވާހަކައެއް؟ 1/2@axanner @FRifaath @Nannaxeev @najahmasoo @ShumbaGong @sham_maan @AidhaHakeem @adams_nazeer @tedmaldives @hamydadam @yamin_mv @ibrahimcade @niumath @Ahmedsaail @AswardWaheed @auxamu @AbdJameel @XefroX @axmiali pic.twitter.com/aKwpKWTP3z
— Bodu Bandeyri (@BoduBandeyri) August 28, 2022
ލީކުވެފައިވާ ބަޔާނުން އެނގޭގޮތުގައި ނާޒިމް ވަނީ އަލަމްގީރް ކެނެރީގެއަށް ގެންގޮސް އޭނާގެ ކޮޓަރިއަށް ވައްދައި ފިސާރި ރަނގަޅަށް ޖިންސީ އެދުން ފުއްދާފައެވެ. އަދި އެގޭގެ އިތުރުން އަލަމްގީރް އާއި ނާޒިމް ލިވާތު ކުރަނިކޮށް ވީޑިއޯ ރިކޯޑިން ހެދި ގެ ކަމުގައިވާ މ.ހީނާ ގޭގައިވެސް އެކިފަހަރުމަތިން ލިވާތު ކުރިކަން ބަޔާނުން އެނގެއެވެ.
މި ބަޔާނުން އިތުރަށް އެނގޭގޮތުގައި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު އަދި ޑީއާރުޕީގެ ކުރީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދު އާއި ފުލުހުންގެ ޑީއީޑީ އޮފިސަރު އަބްދުއްރަހުމާނު ރަފީއު (ދޮންދިގު) އާއި އެއްކޮށް ލިވާތު ކުރި ކަމަށްވެސް އަލަމްގީރު ވަނީ އެއްބަސްވެފައެވެ.
އަލަމްގީރާއެކު އެތައް ބަޔަކު ލިވާތު ކުރިއިރު މިހާތަނަށް ދައުވާ ކޮށްފައިވަނީ ނާޒިމް އާއި، ކާނަލް ނަޝީދުގެ އިތުރުން ދޮން ދިގަށެވެ. އެކަމަކު އެމީހުން ކުރި އަމަލަކީ ބަންދުގައި ބައިތިއްބަންޖެހޭ ކަހަލަ އަމަލަކަށް ނުވަތަ ކުށަކަށް ނުވާކަމަށް ބުނެ ގާނޫނާ ހިލާފަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އެމީހުން ވަނީ މުޖުތަމައުތެރެއަށް ދޫކޮށްލާފައެވެ.
ބަޔާނުގައި އެންމެ މުހިންމުކަމަކަށް ފާހަގަވީ ބްލެކްމެއިލް ކުރުމުގެ ދައުވާ އުފުލާފައިވާ އަލަމްގީރް އެކަމަށް ކުރާ އިންކާރެވެ. އޭނާ ބުނިގޮތުގައި އޭނާ އެކަން ކުރީ އަމިއްލަ ހިތްހަމަޖެހުމަށެވެ.