ޚަބަރު
އަނެއްކާވެސް ފިރިހެން ކުއްޖަކަށް ޓީޗަރަކު ޖިންސީ ގޯނާ ކުރި ކަމުގެ ބޮޑު ތުހުމަތެއް
އަނެއްކާވެސް ފިރިހެން ކުއްޖަކަށް ޓީޗަރަކު ޖިންސީ ގޯނާ ކުރި ކަމުގެ ބޮޑު ތުހުމަތެއް ކޮށްފިއެވެ.
އެ މައްސަލައިގައި ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އުޅޭ އާންމުން ނިކުމެ އަނިޔާކުރީ ގާޒީ ސުކޫލުގެ ފިރިހެން ޓީޗަރަކަށެވެ. މިކަމާ ގުޅިގެން އެޑިއުކޭޝަނުން ބުނަނީ އެ ޓީޗަރު މިހާރު ސަސްޕެންޑު ކޮށްފައިވާ ކަމުގައެވެ.
އާންމުވެފައިވާ ވީޑިއޯއިން ފެންނަގޮތުގައި ހިޔާ ފުލެޓްތައް ކައިރީގައި ރުކެއްގެ ދޮށުގައި ޓީޗަރު ބަހައްޓައި، އޭނާގެ ގައިގައި އަތްފައިން ތަޅާތަން ފެނެ އެވެ. އަދި ކުޑަ ފިރިހެން ކުއްޖާ އާއި ބެހުނިންތޯ އާއި ބެހުނީ ކިތައް ކުދިންނާ ތޯ އާންމުން ސުވާލު ކުރުމުން އޭނާ ބުނީ އެންމެ ކުއްޖަކާ ބެހުނު ކަމުގައެވެ.
މި މައްސަލައިގައި ފުލުހުން ބުނީ ރޭ އަނިޔާ ލިބިފައިވަނީ 29 އަހަރުގެ ފިރިހެނަކަށް ކަމުގައެވެ. އަދި އޭނާ ހުރީ މިހާރު ހައްޔަރު ކޮށްފައެވެ.