ޚަބަރު
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިސްތިއުފާ ދެއްވައިފި
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ސުހައިލް އިސްތިއުފާ ދެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެކަމަކު އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ނޭނގެ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ސުހައިލް އައްޔަންކުރީ 30 ޑިސެމްބަރު 2018ގައެވެ. އޭނާ ވަނީ މީގެ ކުރިން ވެސް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފަ އެވެ. އެގޮތުން، 2012 އިން 2015 އާ ދެމެދުވެސް އޭނާ އެ މަގާމު ފުުރުއްވިއެވެ.