ވ.އާރަށް ކުއްޔަށް ދިނުމުގައި ހިންގި މުއާމަލާތާ ގުޅޭ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިވެރިޔަކު 3 އައިފޯނަކުން ނެގި ޑޭޓާ ތަކުގެ ވެރިފަރާތުގެ ހުއްދަ ނެތި، އެ މައުލޫމާތުތައް ފުލުހުންނާ ހިއްސާކުރިކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ އެ މައްސަލައިގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރިޝްވަތު ނެންގެވި ކަމަށާއި، މަނީ ލޯންޑާ ކުރެއްވި ކަމަށް ބުނާ މައްސަލައިގައި މިއަދު މެންދުރު ފަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑު އެހުމުގައެވެ.
ދައުލަތުގެ ފަރާތުން މިއަދު ހެއްކެއްގެ ގޮތުގައި ހާޒިރު ކުރީ މާކް އެންޑްރޫ ނަމަކަށް ކިޔާ އިނގިރޭސިވިލާތަށް ނިސްބަތްވާ ޑިޖިޓަލް ފޮރެންސިކް އެގްޒަމިނަރ އެކެވެ. އޭނާގެ ހެކިބަސް ނެގީ އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށެވެ. ދައުލަތުގެ ހެއްކެއްގެ ގޮތުގައި އޭނާ ހުށަހެޅީ ސައިމަން އެޓްކިންސަން ނަމަކަށް ކިޔާ ބައެއްގެ ފަރާތުން ހެކިވެރިޔާއަށް ލިބުނު 3 އައި ފޯނެއްގެ ޑޭޓާތައް ނަގައި އެނެލައިޒް ކޮށްފައިވާތީ އެ ރިޕޯޓުގައިވާ ކަންކަން އޮޅުންފިލުވުމަށެވެ.
”ބޮންތި“ އަށް އެނގިފައިވާގޮތުގައި އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެސްއޯއެފް ކުންފުނީގެ އިސް މީހެއް ކަމަށްވާ މުހައްމަދު އައްލާމް ލަތީފް (މޮހޯ) އަތަށް ދީފައިވާ 3 ފޯނެވެ. އެކަން ކުރީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ސަމާލުކަމަށް އައިސްގެން ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު މެދުވެރިކޮށް ފޯނުތައް ހޯދިކަން ”ބޮންތި“ އަށް ވަނީ އެނގިފައެވެ.
މިއަދުގެ އަޑުއެހުމުން އެނގުނުގޮތުގައި އެ ތިން ފޯނުގެ ތެރެއިން ޑޭޓާ އެއްކުރެވިފައިވަނީ ދެ ފޯނުންނެވެ. އަނެއް ފޯނު ޑިފޯލްޓް ވެފައިވާ ކަމަށް ހެކިވެރިޔާ ބުންޏެވެ.
މިއަދުގެ އަޑުއެހުމުގައި ހެކިވެރިޔާ ބުނީ ދިވެހި ފުލުހުން އެދިގެން ފޯނުގައި ހުރި މައުލޫމާތުތައް ހަވާލު ކުރިކަމުގައެވެ. އެގޮތަށް އެދުނީ މިދިޔަ އަހަރުގެ ފަހުކޮޅު ލިރާރު ނަމަކަށް ކިޔާ ފުލުހެއްގެ ފަރާތުން ކަން އޭނާ ފާހަގަކުރިއެވެ. ފޯނުގެ މަސައްކަތް ކުރިއިރު ފުލުހުންނަށް އެކަން އެނގުނީ ކިހިނެއްތޯ އާއި ފުލުހުން އެފަދަ މައުލޫމާތެއް ދިންތޯ ދިފާއީ ވަކީލު އާދަމް ޝަމީމް ސުވާލު ކުރެއްވުމުން ދައުލަތުން ވަނީ އެ ސުވާލަށް އިއުތިރާޒް ކޮށްފައެވެ. އެކަމަކު ޝަރީއަތުން ދިފާއަށް ފުރުސަތު ދިނުމުން ހެކިވެރިޔާ ބުނީ އޭނާ އެފަދަ މައުލޫމާތެއް ފުލުހުންނަށް ނުދޭ ކަމަށާއި، ސައިމަން އެޓްކިންސަންގެ ލިޔުންތައް ދޭން އޭނާ ގާތުގައި ބުނީ ފުލުހުން ކަމުގައެވެ. އަދި ފޯނުގައި ހުރި ފޮޓޯތައް ނެގިތާ 6 އަހަރު ފަހުން 2021 ވަނަ އަހަރު ފުލުހުން އެ ޑޭޓާތައް އޭނާ އަތުން ހޯދީ ކަމުގައެވެ. ހެކިވެރިޔާ ބުނީ އެ މުއްދަތުގެ ތެރޭގައި ފޮޓޯތައް ހުރީ ފައިލް ޕްރޫފް ސޭފެއްގައި 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓާ އިމާރާތެއްގައި ކަމުގައެވެ.
ސައިމަން އެޓްކިންސަން އާއި ލިޔެކިޔުން ހަވާކު ކުރުމަށްފަހު ރިޕޯޓުތައް ހެކިވެރިޔާ އަތުގައި ހުރީ ކީއްވެތޯ ސުވާލު ކުރުމުން އޭނާ ބުނީ ކޭސްތަކާ ގުޅޭ ޑޭޓާ މަދުވެގެން 10 އަހަރު ވަންދެން ބެހެއްޓުމަކީ އާންމު އުސޫލު ކަމުގައެވެ. އަދި އެ ޑޭޓާ އަކީ ކޮންބައެއްގެ އެއްޗެއްތޯ ސުވާލު ކުރުމުން ބުނީ ޑޭޓާގެ ވެރިފަރާތަކީ ސައިމަން އެޓްކިންސަން ކަމުގައެވެ. އަދި މަސައްކަތުގެ ގޮތުން އޭގެ ކޮޕީ ބަހައްޓަން ޖެހޭ ކަމުގައެވެ.
ސައިމަން އެޓްކިންސަންގެ ޑޭޓާ ހެކިވެރިޔާއަށް އެހެން ފަރާތަކަށް ހިއްސާކުރެވިދާނެ ތޯ ސުވާލު ކުރުމުން ދައުލަތުން ކުރި އިއުތިރާޒުގެ ރައްދުގައި ވަކީލު އާދަމް ޝަމީމް ވިދާޅުވީ އެވިޑެންސް ނުވަތަ ހެކީގެ ސައްހަ ކަން ކަށަވަރު ކުރުމަށް އެ ސުވާލު ކުރެވޭނެ ކަމުގައެވެ. ޝަރީޢަތުން ދިފާއަށް ފުުރަސަތު ދިނުމުން ހެކިވެރިޔާ ބުނީ އިނގިރޭސި ވިލާތުގެ ފުލުހުން ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެފަދަ ޑޭޓާ ނުވަތަ ރިޕޯޓުތައް ހިއްސާ ކުރުމަކީ މަނާކަމެއް ކަމުގައެވެ. އެހެން ނަމަވެސް ދިވެހި ފުލުހުންނާ ހިއްސާ ކުރިކަމުގައެވެ.
ޑޭޓާ އެނަލައިޒް ކުރެވުނު ފޯނުތަކުގައި ހުރި މެސެޖުތަކުގައި އާރަށާ ގުޅޭ އެއްވެސް ވާހަކައެއް ހުރިތޯ ދިފާއުން ސުވާލު ކުރުމުން ދައުލަތުން ވަނީ ޝަރީއަތް މެެދެވެރިކޮށް އެކަން ހުއްޓުވާފައެވެ.
ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުގައެވެ. އެދުވަހު ނަގާނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޒިޔާތުގެ ހެކިބަހެވެ.
konmehenves dhogu ilzam alhuvaigen es golhiah vehdheytho thiulheny
mimeehun vakkan kureema kuhveri vanee heki dhakkaa meehun! Mi meehunnah million in vakkan kureema ekan saabithu kohdhey meehun kuvveri vanee!
Faisaa dheegen Maakanaa hoalin heki hadhaigen dhoguheki dhinakas adhi hekibas furihama veekee noon.