ޚަބަރު

ރައީސް ޔާމީނަށް މަރްޙަބާގެ މެސެޖްތަކުން މުޅި ސޯޝަލް މީޑިއާ ފުރާލައިފި

އަންނަ އަހަރުގެ ރިޔާސީ ރޭހުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެ ވަޑައިގަތުމަށް ނިންމެވުމާއިއެކު އެމަނިކުފާނަށް މުޅި ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ މަރްހަބާ ދަންނަވާ ހެޔޮ ދުޢާ ދަންނަވަމުންނެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު މިވަގުތު އޮތް ހާލަތާއި ގުޅުވާ ރައީސް ޔާމީން ފަދަ ހިތްވަރުގަދަ ޤައުމު އާރާސްތުކުރެވޭނެ ވަރުގެ ލީޑަރަކަށް އެދި މުޅި ޤައުމު އެއްއަޑަކުން ދަނީ ގޮވަމުންނެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ޕީޕީއެމް/ޕީއެންސީގެ ޓިކެޓު ރައީސް ޔާމީނަށް ދިނުމަށް އެ ދެޕާޓީ ގެޖޮއިންޓް ކައުންސިލުން ރޭ ވަނީ ނިންމާފައެވެ.

ރޭ ބޭއްވި ޕީޕީއެމް/ޕީއެންސީ ގެ ޖޮއިންޓް ކައުންސިލް ބައްދަލުވުމުގައި ރައީސް ޔާމީން އަށް ރިޔާސީ ޓިކެޓު ދިނުމަށް ނިންމާފައި ވަނީ ކައުންސިލްގެއިއްތިފާގުންނެވެ. އެއާއިއެކު އެމަނިކުފާނު ވަނީ އެކަން ގަބޫލު ކުރައްވާފައެވެ.

އެކަން ގަބޫލު ކުރައްވާ އެމަނިކުފާނު ވިދާޅުވީ ހަވާލު ކުރެވުނު ބުރަ މަސްއޫލިއްޔަތު އަދާކުރުންމަތީ ދެމި ހުންނަވާނެ ކަމަށެވެ.

ތި ހަވާލުކުރެއްވި ބުރަ މަސްއޫލިއްޔަތު އަދާކުރުމުގަ ދެމި ހުންނަވާނަންރައީސް ޔާމީން ވިދާޅުވިއެވެ.

https://twitter.com/fazulrashyd/status/1553863262009061376?s=21&t=3G4Qzz5Dlky_XIDxMPWjTA

ރައީސް ޔާމީން މި އިންތިޚާބުގައި ވާދަކުރައްވަން ނިންމެވުމާއިއެކު އެމަނިކުފާނަށް ތާއީދުކުރައްވާ އެތައްހާސް ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އުފާފާޅުކުރަމުންނެވެ.

މީގެ ތެރޭގައި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ބައެއް އިސް އެކްޓިވިސްޓުންވެސް ހިމެނެއެވެ.

މިސަރުކާރުގައި ހިނގަމުންދާ ފާހިޝްކަންކަމާއި ސަރުކާރުގައި ހިނގަމުންދާ ހުރިހާ ނޭދެވޭ ކަންކަން ހަމަމަގަށް އެޅުވޭނީ ރައީސް ޔާމީން އަށްކަމަށްބުނެ އެތައް ބަޔަކު އަންނަނީ އިދިކޮޅު ކޯލިޝަނާއި ގުޅި 2023 އަށް ތައްޔާރުވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button