ޚަބަރު

މިސްކިތެއް ކުއްޔަށް ދޭން ނިންމައިފި

ށ،ކޮމަންޑޫ މިސްކިތެއް ކުއްޔަށް ދިނުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.

ކޮމަންޑޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެ އިދާރާގެ ބެލުމުގެ ދަށުގައިވާ މަސްޖިދުއްނަޖާހު ޝައުގުވެރިވާ ފަރާތްތަކަށް ކުއްޔަށް ދިނުމަށް ބޭނުންވާ ކަމުގައެވެ.

މިސްކިތް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 25 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މަހު ކުލި ބަޔާންކޮށް ސިޓީއަކުން ކޮމަންޑޫ ކައުންސިލަށް އެންގުމަށް އިއުލާނުގައި ބުނެފައިވެއެވެ.

މަސްޖިދުއްނަޖާހު އަކީ އަންހެނުންނަށް ހާއްސަ ނަމާދު ގެއެއްގެ ގޮތުގައި އެ ރަށު މީހުން ބޭނުން ކުރަމުން އައި ތަނެކެވެ. ކޮމަންޑޫ ވިޔަފާރިވެރިއެއްގެ ހަރަދުގައި މީގެ އަހަރުތަކެއް ކުރިން އެތަން މަރާމާތުކޮށް ދެބުރިއަށް ހަދާފައިވެސް ވެއެވެ.

އެމްޑީޕީގެ ކުރީގެ ވެރިކަމުގައި ކޮމަންޑޫގައި ހުންނަ މަސްޖިދުއްނަޖާހް އާއި މަސްޖިދުލްފަލާހް އުވާލަން ނިންމިއެވެ.

 

4 Comments

  1. ތިޔަތަނުގެ ނަން ބަދަލު ކުރޭ ކުރީގެ މިވެނި މިސްކިތެއްގެ އިމާރާތް ކިޔާ. މިސްކިތް ކުއްޔަށް ދޭކަމަށް ލިޔުނީމަ ކަމަކު ނުދޭ

Leave a Reply to Seema Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button