ޚަބަރުސިޔާސީ

ދެ ކޮމަންޑޫ ގުޅުވުން ރައީސް ސޯލިހުގެ ކެމްޕެއިންގެ ހިޔާލީ ވައުދަކަށް!

ށ.ކޮމަންޑޫ އާއި އެރަށް ކައިރީގައި އޮންނަ މަތިކޮމަންޑޫ ގުޅުވުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގެ ހިޔާލީ ވައުދަކަށް ވެ ނިމިއްޖެކަން ހާމަވެއްޖެއެވެ.

ދެ ކޮމަންޑޫ ގުޅުވުމުގެ ވައުދަކީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ބައި އިލެކްޝަނުގައި ރައީސް ސޯލިހު އެ ރަށު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދެކެވެ. އެމަނިކުފާނު އެގޮތަށް ވައުދުވެވަޑައިގެންނެވީ މިއަހަރުގެ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު އެ ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިން ޖަލްސާގައެވެ. އެދުވަހުގެ ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ހަފްތާއެއްގެ ތެރޭގައި އެ މަސައްކަތް ފައްޓަވައި ދެ ކޮމަންޑޫ ބުރިޖަކުން ގުޅާލައްވާނެ ކަމުގައެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވިތާ 5 މަސް ދުވަސް ވެފައިވާއިރު، ވާދަވެރި ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ އިއްޒަތްތެރި މެންބަރު މުހައްމަދު އިސްމާއިލް ވަނީ އެ މަޝްރޫއު މިހާރު ގޮސްފައިވާ ހިސާބު ބެއްލެވުމަށްފަހު އެ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.

މުހައްމަދު އިސްމާއިލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލިސް އިންތިހާބު ނިމުމާއެކު މަތި ކޮމަންޑޫއިން ހިއްކި ސަރަހައްދު ގިރައިގެން ގޮސްފައިވާ ކަމުގައެވެ.

”ދެ ކޮމަންޑޫ ގުޅުވުން އިބިލީހުގެ ކައިވެންޏަށް ވެ ނިމިއްޖެ.“ މުހައްމަދު ވިދާޅުވިއެވެ.

އިތުރު ތަފްސީލް ”ބޮންތި“ އާއި ހިއްސާ ކުރައްވަމުން މުހައްމަދު ވިދާޅުވީ އެ މަޝްރޫއު ގޮސްފައިވާ ހިސާބު ވަރަށް ގާތުން ބެއްލެވި ކަމަށާއި، އެ މަސައްކަތް ކުރިޔަށް ނުދާ ކަމުގައެވެ.

މުހައްމަދު ވިދާޅުވިގޮތުގައި ކޮމަންޑޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ވަނީ ހުއްޓިފައެވެ.

ކޮމަންޑޫ ބައި އިލެކްޝަންގައި ސަރުކާރުން ވަނީ ވަރަށް ގިނަ ވައުދުތަކެއް ވެފައެވެ. އެކަމަކު އެކަންކަން އެދެވޭ ގޮތެއްގައި ކުރިޔަށް ނުދާކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކުވެސް ވަނީ ބުނެފައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button