ޚަބަރު

ޕްލެޓްފޯމް ފަރަށް އެރިތާ 20 ދުވަސް ފަހުން ފަރަށް ލިބުނު ގެއްލުން ބަލަން ފަށައިފި

ތިލަ-މާލެ ބްރިޖް އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމް ފަރަށް އެރިފަހުން 20 ދުވަސް ފަހުން ފަރަށް ލިބުނު ގެއްލުން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބަލަން ފަށައިފިއެވެ.

ޕްލެޓްފޯމް ފަރަށްއެރީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. އެ ޕްލެޓްފޯމު ނެގުނީ ޕްލެޓްފޯމް ފަރަށް އެރިތާ 12 ދުވަސް ފަހުން މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އޭރު އީޕީއޭ އިން ބުނެފައި ވަނީ މިކަމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުން ބަލަން ފަށާނީ ޕްލެޓްފޯމް އެސަރަހައްދުން ނެގުމުން ކަމަށާ، އެއިގެ ފަހުން ބުނެފައި ވަނީ މޫސުން ގޯސްވެ ކަނޑުގަދަ ވުމުން ލަސްވަނީކަމަށެވެ. އަދި އެންމެ ފަހުން ބުނެފައި ވަނީ އެފްކޮންސް ކުންފުނިން ސާފު ނުކުރާތީ ކަމަށެވެ.

ޕްލެޓްފޯމް ފަރަށް އެރިފަހުން ގިނަ އުޒުރުތަކެއް ދެއްކުމަށް ފަހު އަންގާރަ ދުވަހު ވަނީ ސާވޭގެ މަސައްކަތް ފަށާފައެވެ. ކުރިން ފަށާނެކަމަށް އީޕީއޭ އިން ބުނެފައި ވަނީ ބުރާސްފަތި ދުވަހުއެވެ.

އީޕީއޭ އިން ބުނިގޮތުގައި ސާވޭގެ މަސައްކަތަށް ދެ ދުވަސްވަރު ނަގާނެއެވެ. އަދި މި ސާވޭގައި ބްރިޖްގެ މަސައްކަތްކުރާ އިންޑިއާގެ ކުންފުނި، އެފްކޮންސްގެ ފަންނީ ޓީމެއް ވެސް ބައިވެރިވާކަމަށެވެ.

އީޕީއޭ އިން ބުނިގޮތުގައި ސާވޭކޮށް ނިންމައި، ފަރަށް ލިބުނު ގެއްލުންތަކަށް ރިއާޔަތްކޮށް އެފްކޮންސް އަށް އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ އެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button