
އެމަނިކުފާނުގެ ވެރިކަމެއްގައި އިންޑިއާ އާއިއެކު ހާރިޖީ ގުޅުން ވަރުގަދަ ކުރިޔަސް އިސްކުރާނީ މިނިވަންކަން ކަމުގައި އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ވެރިކަމެކޭ އެއްގޮތަށް އިންޑިއާ އާއި އެކު އޮތް ހާރިޖީ ގުޅުން އޮންނާނެ ކަމުގައެވެ. އެކަމަކު އިންޑިއާ އިން ބުނާހާގޮތަކަށް ކަންކަން ނުކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުން އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ގޮތް ނޭނގޭ އެއްބަސްވުންތަކަށް ނުރުހުންވެފައި ހުންނެވިކަން ހާމަވެއެވެ.