ޚަބަރު

މީރާ ފަޅާލައިގެން ނެގި ވަރު އެނގޭތަ؟

މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީ (މީރާ) ގެ ދޮރެއް ހަލާކު ކޮށްލައިގެން ވައްކަން ކޮށްފިއެވެ.

”ބޮންތި“ އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މީރާގެ ދޮރެއް ހަލާކުކޮށްލައިގެން 25 ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައެއް މިއަދު ހެނދުނު 8:20 އެހާކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމުގައެވެ.

މި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރު ކުރިކަމެއް ނުވަތަ ނުކުރާކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެކަމަކު މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މީރާ އަކީ 24 ގަޑިއިރު ފުލުހުންގެ ހައި ސެކިއުރިޓީ އާއެކު ބަލަހައްޓަމުންދާ ތަނެކެވެ.

3 Comments

Leave a Reply to Moosa Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button