ޚަބަރު

އާރަށު މައްސަލަ އާ ނުގުޅޭ އަމިއްލަ ވާހަކަތަކެއް ދެއްކުމަށް ނާޒިމަށް ފުރުސަތު ދީފި

ވ.އާރަށް ކުއްޔަށް ދިނުމުގައި ހިންގި މުއާމަލާތާ ގުޅޭ މައްސަލައާ އެއްވެސް ވަރަކަށް ގުޅުމެއް ނެތް އަމިއްލަ ވާހަތަކެއް ދެއްކުމަށް ޝަރީއަތުން ދައުލަތަށް މިއަދު ފުރުސަތު ފަހިކޮށްދީފިއެވެ.

އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ކުރިޔަށް ދިޔަ އަޑު އެހުމުގައި ދައުލަތުގެ ފަރާތުން ޝަފަހީ ހެއްކަކަށް ހުށަހެޅީ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަންވެސް ކުރެއްވި އަހުމަދު ނާޒިމެވެ.

ދައުލަތުން ނާޒިމް އާއި އެންމެ ފުރަތަމަވެސް ކުރި ސުވާލަކީ މީގެ އެތައް އަހަރުތަކެއް ކުރިން ރައްޔިތުންގެ މަޖިލީހުގައި ނާޒިމް މަސައްކަތް ކުރެއްވި ދުވަސްވަރާ އަދި އެ ދުވަސްވަރު މައްސަލަ ރައްދުވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އެ ދުވަސްވަރު ކުރެއްވި މަސައްކަތް ޕުޅުގެ ސުވާލުތަކެކެވެ.

އެއާއެކު ރައީސް ޔާމީންގެ ފަރާތްޕުޅުން ވަކީލު އާދަމް ޝަމީމް ވަނީ އެކަމަށް އިއުތިރާޒު ކުރައްވާ ކަމަށާއި، ޝަރީއަތަށް ހުށަނޭޅޭނެ ހެކިބަހެއް ހުށަހެޅުމަށް ދައުލަތުން މަސައްކަތް ކުރާ ކަން ފަނޑިޔާރު އަހުމަދު ޝަކީލުގެ ސަމާލުކަމަށް ގެންނަވާފައެވެ. އެގޮތުން ނާޒިމް ދައްކަވަން ފެއްޓެވި ވާހަކަތައް ހުރީ އޭނާގެ ބަޔާނުގައި ކަމަށާއި، އެކަމަކު ހުށަހެޅިފައިވާ އާރަށުގެ މައްސަލަ އާއި ގުޅުމެއް ނެތްކަން ޝަމީމް ފާހަގަކުރެއްވިއެވެ.

ޝަރީއަތުން ވަނީ އާދަމް ޝަމީމްގެ އިއުތިރާޒު ގަބޫލު ނުކުރައްވައި ނާޒީމް އާއި ޔާމީން މީގެ އެތައް އަހަރުތަކެއް ކުރިން އަދާ ކުރެއްވީ ކޮން ވަޒީފާއެއްތޯ އާއި އެދުވަސްވަރުގެ ކަންކަމާ ގުޅޭ ސުވާލުތައް ކުރުމަށް ދައުލަތަށް ފުރުސަތު ދެއްވާފައެވެ.

ހާއްސަކޮށް ނާޒިމް މަޖިލީހުގައި އުޅުއްވި ދުވަސްވަރު ރައީސް ޔާމީން އަދާ ކުރެއްވީ ކޮން ވަޒީފާއެއްތޯ އާއި، އޮންނަނީ ކޮން ގުޅުމެއް ތޯ ދައުލަތުން ނާޒިމް އާއި ސުވާލު ކުރިއެވެ. ޖަވާބުގައި ނާޒިމް ވިދާޅުވީ ގާނޫނު އަސާސީ ތަސްދީގު ކުރި ފަހުން ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އާއި މާލިއްޔަތު ކޮމެޓީގައި އޭނާ އުޅުއްވި ކަމަށާއި، އޭރު ޔާމީން ހުންނެވީ ނ އަތޮޅުގެ މެންބަރު ކަމުގެ މަގާމުގައި ކަމުގައެވެ. އެހިސާބުން އަނެއްކާވެސް ދިފާއުން ވަނީ އިއުތިރާޒް ކުރައްވާފައެވެ.

ހާދިސާ އާއި ގުޅުމެއް ނެތް ސުވާލުތައް ދައުލަތުން ކުރާތީ ފަހުން ޝަރީއަތުން ވަނީ ދިފާއުގެ އިއުތިރާޒު ބަލައިގަންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އެކަމަކު ހަމަ އަނެއްކާވެސް ދައުލަތުން ވަނީ މާލިއްޔަތު ކޮމެޓީގައި އުޅުނު ދުވަސްވަރުގެ ވާހަކަ ތަކުރާރު ކުރައްވާފައެވެ. އެއާއެކު ދިފާއުން އިއުތިރާޒް ކުރައްވައި އާދަމް ޝަމީމް ވިދާޅުވީ އަނެއްކާވެސް މާލިއްޔަތު ކޮމެޓީގެ ސުވާލުތައް ދައުލަތުން ތަކުރާރު ކުރައްވާ ކަމުގައެވެ. ޝަރީއަތުން ދެން އެދުނީ ދައުލަތުން އެކަމުގައި ޖަވާބު ދިނުމަށެވެ. އަދި ޖަވާބުގައި ދައުލަތުން ބުނީ ދިފާއުގެ އިއުތިރާޒުގެ ގާނޫނީ އަސާސެއް ނެތް ކަމުގައެވެ. އެއަށްފަހު ޝަރީއަތުން ނިންމީ އާރަށުގެ މުއާމަލާތް ހިނގާފައިވާ ދުވަސްވަރުގެ ތެރޭގައި ހިނގާފައިވާ ކަންކަން، އެކަމަކު އާރަށުގެ މުއާމަލާތާ ނުގުޅޭ ކަންކަމުގެ ސުވާލު ދައުލަތަށް ހެކިވެރިޔާ އާއި ކުރެވޭނެ ކަމުގައެވެ.

ޖިނާއީ އިޖުރައަތުގެ ގާނޫނާ ހިލާފަށް ލީޑިން ސުވާލުތަކާއި މާލިއްޔަތު ކޮމެޓީގެ ދުވަސްވަރުގެ ވާހަކަތައް އަނެއްކާވެސް ދައުލާތުން ތަކުރާރު ކުރުމުން ދިފާއުން ހުށަހެޅި އިއުތިރާޒު ބަލައިނުގަނެ ޝަރީއަރުން ނިންމީ، އެއީ މައްސަލަ ހުށަހެޅި ތާރީހުގެ ތެރޭގައި ހިނގާފައިވާ ކަންކަން ކަމުގައެވެ.

އެ ސުވާލުތައް ދައުލަތުން ކުރުމުން ނާޒިމް ވިދާޅުވީ މާލިއްޔަތު ކޮމެޓީގެ މުގައްރިރު ކަމާ މަޖިލީހުގެ ނައިބު ރައީސް ކަމުގެ ޒިންމާތަކުގެ ތެރޭގައި ދައުލަތުގެ ފައިސާ އާއި ބެހޭ ކަންކަން ކުރުމާއި، އޮޑިޓާ ޖެނެރަލް އާއި މަޝްވަރާ ކުރުން ހިމެނޭ ކަމުގައެވެ.

ނާޒިމްގެ މިވާހަކަތަކާއި ގުޅިގެން ދިފާއުން ވަނީ އިއުތިރާޒު ކުރާ ސަބަބު ޝަރީއަތަށް ދަންނަވާފައެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 160 ވަނަ މާއްދާގެ ށ. ގެ އެއްވަނަ ނަންބަރުގެ ދަށުން ވަކީލު އާދަމް ޝަމީމް ކުރި އިއުތިރާޒަކީ މާލިއްޔަތު ކޮމެޓީގައި އުޅުނު ދުވަސްވަރުގެ ވާހަކަ ނުދެއްކޭނެ ކަމަށާއި، ޝަރީއަތަށް ހުށަހެޅިފައިވާ މައްސަލައަކީ 2013 ގައި ހުށަހަޅާފައިވާ އެންމެ ކަމަކާ ގުޅޭގޮތުން ހެކިބަސް ނަގަންޖެހޭ މައްސަލައެއް ކަމުގައެވެ.

”ހުރިހާ ކަމަކާ ގުޅޭގޮތުންނެއް ނޫން އިއްޒަތްތެރި ގާޒީ. ޝަރީއަތުން އެކަން ސާފުކޮށްދެއްވުމަށް އެދެން. އޭރުގަ ހިނގާފަ އޮތް ހުރިހާ ކަމަކާ ގުޅޭގޮތުން ސުވާލު ކުރަންޏާ އެއީ މައްސަލައެއް. ސާބިތު ކުރަން މިއުޅެނީ ވަކި ސްޕެސިފިކް ކަމެއް.“ ޝަމީމް ވިދާޅުވިއެވެ.

ނާޒިމް ދައްކަވާ ވާހަކަތަކާއި، އާރަށުގެ މައްސަލައާއި ގުޅުން ނެތްކަމާއި އެކަން ބައްލަވައި ދެެއްވުމަށް ދިފާއުން ޝަރީއަތަށް ދެންނެވުމުން ގާޒީ ޝަކީލު ކޯފާ އިސްކުރައްވައި ވިދާޅުވީ ދިފާއުން ވާހަކަ ދެއްކުމުގެ އިބާރާތް ކަމު ނުދާކަަމަށް ވިދާޅުވެފައެވެ. އެއަށްފަހު ދައުލަތުން ކުރިޔަށް ގެންދިޔުމަށް ފުރުސަތު ދެއްވިއެވެ.

2013 ވަނަ އަހަރު ރައީސް ޔާމީނާ ނާޒިމާ އޮތް ގުޅުން ސިފަކޮށްދިނުމަށް ދައުލަތުން ބުނުމުން ނާޒިމް ވިދާޅުވީ އޭރު އޮތީ ވަރަށް ބަދަހި ގުޅުމެއް ކަމަށާއި، ޔާމީނަކީ އޭރު އިދިކޮޅު ކެނޑިޑޭޓު ކަމުގައެވެ. ޔާމީންގެ ކެމްޕެއިންގައި އުޅުއްވިންތޯ ދައުލަތުން ނާޒިމް އާއި ސުވާލު ކުރުމުން ވިދާޅުވީ އެ ކެމްޕެއިނުގައި އިސް ދައުރެއް އަދާ ކުރެއްވި ކަމުގައެވެ. ދައުރަކީ ކޮބައިތޯ ސުވާލު ކުރުމުން ނާޒިމް ވިދާޅުވީ ތާއީދު ހޯދުން ކަމުގައެވެ. އަދި އޭނާ އުޅުއްވީ ވަކި އޮފީހެއްގައިކަން ފާހަގަކުރެއްވިއެވެ. ކެމްޕެއިންގައި ހަރަކާތްތެރިވި ކަން އެނގެނީ ކޮންބަޔަކަށްތޯ ދައުލަތުން ސުވާލު ކުރުމުން ނާޒިމް ވިދާޅުވީ އޭރު ޖަލްސާތަކުގައި ބައިވެރިވި ކަމަށާއި، ގިނަ ބަޔަކަށް އެކަން އެނގޭނެ ކަމުގައެވެ.

ދައުލަތުން ކުރި ސުވާލާ ގުޅުން ނެތް ނަމަވެސް ނާޒިމްގެ ވާހަކަ ދެން ފައްޓަވަމުން ވިދާޅުވީ ކެމްޕެއިން ފައިސާ ހޯދުމުގަ އުޅުނީ ވަކި ބައެއް ކަމުގައެވެ. ނާޒިމްގެ ޖަވާބުން ފައިސާ ހޯދަން އުޅުނީ ކޮންބައެއްތޯ ދައުލަތަށް ފުރުސަތު ލިބުމުން، އެ ސުވާލުގެ ޖަވާބުގައި އޭނާ ވިދާޅުވީ ކެމްޕެއިނަށް އަދީބު އެކި ދިމަދިމާލުން ފައިސާ ހޯދި ކަމުގައެވެ. ދެން ވިދާޅޫވީ ކުރީގެ ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ނަމާއި، ޔާމީންގެ ޅިޔަނު އަލް މަރްހޫމް މުހައްމަދު މަނިކު (ބިސްމަނިކު) އަކީވެސް ކެމްޕެއިނަށް ފަންޑު ކުރެއްވި ބޭފުޅެއް ކަމުގައެވެ.

”އަދީބު ނަގުދު ފައިސާ ގެންނަވާ. ފައިސާ ގެންނަނީ ދޫވެއްސަށް. 15 މިލިއަން ރުފިޔާ ގެނައި.“ ނާޒިމް ވިދާޅުވިއެވެ.

15 މިލިއަން ހިފައިގެން އައީ ކޮންތަނަކުން ތޯ ދައުލަތުން ސުވާލު ކުރުމުން ދިފާއުން އިއުތިރާޒެއް ނެންގެވިއެވެ. އެގޮތުން ދައުލަތުން މަސައްކަތް ކުރަނީ ޝަރީއަތަށް ހުށަނޭޅޭނެ ހެކިބަހެއް ހުށަހެޅުމާއި، ލީޑިން ސުވާލު ކުރުމާއި ޝަރީއަތަށް ހުށަހެޅިފައި އޮތް މައްސަލައަކީ ވ.އާރަށް ކިޔާ ރަށެއް މީހަކަށް ކުއްޔަށް ދިނުމުގައި ނުފޫޒު ފޯރުވައިގެން މަނީ ލޯންޑާ ކުރި ކަމުގެ ދައުވާ އާއި ރިޝްވަތު ހިއްޕެވުމުގެ ދައުވާ ކަމާއި، އެހެންކަމުން މިއީ އެމްއެމްޕީއާރުސީ އަދި ކެމްޕެއިނަށް ފައިސާ ހޯދަން ހުށަހެޅިފައިވާ މައްސަަލައެއް ނޫންކަން ދިފާއުން ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.

ދިފާއުން އިއުތިރާޒު ކުރުމުން ދައުލަތުން ދެން ފެށީ ލީޑިން ސުވާލު މާނަކޮށްދޭށެވެ. އެކަމުގައި ދިފާއުންވެސް ދުލެއް ނުދިނެވެ. އަދި ގާޒީ ނިންމެވީ ދެކޮޅުންވެސް ލީޑިން ސުވާލު މާނަ ކުރީ އެއްގޮތަކަށް ކަމަށާއި، ދައުލަތުން ސުވާލު ކުރަނީ ވަކި ޖަވާބެއް ހޯދުމުގެ ނިޔަތުގައި ނޫން ކަމުގައެވެ. އަދި އެއީ ލީޑީން ސުވާލު ކަމަށް ބަލައިނުގަތުމަށް ނިންމަވައި ޝަރީއަތުން އަނެއްކާވެސް ދައުލަތަށް ފުރުސަތު ދެއްވިއެވެ.

ދައުލަތުން ދެން ތަކުރާރު ކުރީ އަދީބު ފައިސާ ގެނައި ތަނަކީ ކޮބައިތޯ ކުރި ސުވާލެވެ. ޖަވާބުގައި ނާޒިމް ވިދާޅުވީ އެ 15 މިލިއަން ރުފިޔާއަކީ ޗެކެއް ދީފަ އަނބުރާ ދައްކާ ގޮތަށް ހޯދި ފައިސާކަމަށާއި، އެއީ މަގުބޫލު ވިޔަވާރިވެރިއަކު ދިން ފައިސާ ކަމުގައެވެ.

”އެއީ ކޮން ވިޔަފާރިވެރިއެއް ކަމެއް ބުނެވޭކަށް ނެތް. އެއީ އެކަމަކު ވިޔަފާރިވެރިއެއްގެ ޗެކެއް.“ ނާޒިމް ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި ނާޒިމް ވިދާޅުވީ ދެން އޭނާ އަށް އެނގުނީ އަނބުރާ ދައްކާގޮތަށް އެމްޕީއެލް އިން 5 މިލިއަން ޑޮލަރަށް ވާ ފައިސާ އަދީބު ނެންގެވިކަމެވެ. އެކަމަކު އެއީ ކޮން ކަމަކަށް ނެގި ފައިސާއެއްކަން އޭނާ ވިދާޅެއް ނުވެއެވެ. އަދި އެމްޕީއެލުން ނެގި ފައިސާގެ ބައެއް ކެމްޕެއިން ފައިސާ ދިން ވިޔަފާރިވެރިޔާގެ އެކައުންޓަށް ޖަމާވިކަމަށް ނާޒިމް ވިދާޅުވިއެވެ.

”ދިވެހި ރައްޔިތުންގެ ފައިސާއިން ޔާމީންގެ ދަރަނި އަދާކުރަން ފެށުމަކީ ކޮށްގެންވާނެކަމެއް ނޫން ދެއްތޯ.“ ނާޒިމް ވިދާޅުވިއެވެ.

ދެން ނާޒިމް ހާމަކުރެއްވީ އެ މައްސަލައިގައި ރައީސް ޔާމީން އާއި ބައްދަލު ކުރެއްވި ކަމެވެ. ތާރީހަކަށް ވިދާޅުވީ 28 އެޕްރީލް 2014 އެވެ. ނާޒިމް އެވިދާޅުވާ ބައްދަލުވުމުގައި ދެކެވުނު ވާހަކަތައް ހިއްސާ ކުރަން ދައުލަތުން ނާޒިމްގެ ކިބައިން އެދުމުން ވިދާޅުވީ އެމްޕީއެލުން އަދީބު ފައިސާ ނެންގެވިކަމުގެ މައުލޫމާތު އޭނާ އަށް ލިބިފައިވާ ކަމުގައެވެ.

”ޔާމީން ސާފުކޮށް ވިދާޅުވީ އެ ހުރިހާ ފައިސާ ލިބޭ ކަމަށާއި، ތިމަންނާ ބުނެގެން ކަމަށް. އަޅުގަނޑު ދެން ބުނިން ހުރިހާ ސުވާލެއްގެ ޖަވާބު ލިބިއްޖެ ކަމަށް. އެމްޕީއެލް އިން 5 މިލިއަން ޑޮލަރު ނަގައިފިކަމަށް. ދެން ވިދާޅުވީ ކިހިނެއްހޭ އެމްޕީއެލުން ފައިސާ ނަގާނީ. ދެން އަޅުގަނޑު ޑޮކިއުމެންޓް ދެއްކީ. ފަހުން އެދުވަހު ވިދާޅުވީ އެ ފަސް މިލިއަން ޑޮލަރު ނުލިބޭ ވާހަކަ. ބުނިން މިއަދު ބުނީމެއް ނޫންހޭ ހުރިހާ ފައިސާއެއް ލިބެއޭ.“ ނާޒިމް ވިދާޅުވިއެވެ.

އެމްޕީއެލް މުއާމަލާތް ހިނގައިދިޔަ ގޮތް ތަފްސީލް ކޮށްދިނުމަށް ދައުލަތުން ނާޒިމަށް ދެންނެވުމުން ދިފާއުން އެކަމަށް އިއުތިރާޒް ކުރިއެވެ. އެގޮތުން ވަކީލު ޝަމީމް ވިދާޅުވީ ދައުލަތުން ގަބޫލު ކުރާ ގޮތުގައި ދައުލަތުން ކުރާ ކޮންމެ ސުވާލަކުން ހެކިވެރިޔާ ދޭ ޖަވާބަކާ ގުޅިގެންވެސް ބޭނުން ސުވާލެއް ކުރެވޭ ކަމުގައެވެ.

”ހެކި ހުށަހެޅި ސަބަބުތަކުގެ ތެރޭގައެއް ނެތް އެ ވިދާޅުވާ ކަންކަން ސާބިތު ކުރުމަށް. އެމްޕީއެލްގައި ހިނގަދިދިޔަ މުއާމަލާތަކާ ގުޅިގެން ދައުލަތުން މިހާރު ސުވާލު އެ ކުރަނީ.“ ޝަމީމް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ގާޒީ ޝަކީލު ވިދާޅުވީ ޝަރީއަތުން ކުރިޔަށް ގެންދަނީ އާރަށު މައްސަލަ ކަމަށާއި، ހެކިވެރިޔާ ހުށަހެޅި ބޭނުމުގައިވެސް ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަން ސާބިތު ކުރުން ހިމެނޭ ކަމަށް ބަޔާންކޮށްފައި ވާ ކަމުގައެވެ. ދިފާއުން ކުރި އިއުތިރާޒް ގާޒީ ބަލައެއް ނުގަތެވެ.

އެހިސާބުން އަނެއްކާވެސް ރުޅިވެރިކަމާއި ހަސަދައިގެ ރާގަކުން ނާޒިމްގެ ފެއްޓެވީ މައްސަލައިގެ ބޭރުން އެމްއެމްޕިއާރުސީގެ ވާހަކައެވެ.

”އަދީބު ކަންކަން ކުރިގޮތް ޔާމީނަށް ދެންނެވިން. އެމްއެމްޕީއާރުސީއިން ޑޭޓެޑް 2 ޗެކް ދިނުމުން އެމްޕީއެލުން ދިނީ 2.5 މިލިއަން ޑޮލަރުގެ ދެ ޗެކް. ހާމިދު އެކައުންޓަށް ޖަމާވި ފައިސާ އެއްކަލަ ވިޔަފާރިވެރިޔާ އަށް ދިނީ. އެ މައުލޫމާތު ޔާމީންގެ އިތުރުން އޮޑިޓަރ ޖެނެރަލް އަށް އެރުވިން. އޭނާ ރިޕޯޓެއްވެސް ނެރުނު.“ ނާޒިމް ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވިގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ރޭވިގެން ކެމްޕެއިންގެ ދަރަނި ދައްކަން ހިންގި ޖަރީމާއެކެވެ. އެ ހިސާބުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 165 ވަނަ މާއްދާގެ ށ. ގެ އެއްވަނަ ނަންބަރުގެ ދަށުން ދިފާއުން އިއުތިރާޒެއް ނަންގަވައި ވަކީލު ޝަމީމް ވިދާޅުވީ ހެކިވެރިޔާގެ އަމިއްލަ އޮޕީނިއަން، ނުވަތަ ގަބޫލު ކުރެވޭ ގަބޫލު ކުރެވުމެއްގެ މައްޗަށް ބިނާކޮށް ހެކިބަސް ނުދެވޭނެ ކަމަށާއި، ހެކިވެރިޔާއަށް ފެނުނު ނުވަތަ އަޑުއިވުނު ކަމެއްގެ ވާހަކަ ކުރިޔަށް ގެންދިއުމަށެވެ. ޝަރީއަތުން އެ އިއުތިރާޒު ބަލައިގަންނަމުން ޝަރީއަތުން ވަނީ ނާޒިމް އަށް ކަންކަން އެނގޭ މިންވަރުން ތެދުބަހުން ގެންދަން އަންގަވާފައެވެ.

ނާޒިމް ގަބޫލު ކުރައްވާގޮތުގައި އެމްއެމްޕީއާރުސީގެ މުއާމަލާތް ފެށުނީ އެމްޕީއެލްގެ މުއާމަލާތަކުންނެވެ. އަދި އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާކުރަން ދިން މ އަތޮޅު 3 ފަޅުރަށެއްގެ ފައިސާގެ ޗެކު ޖަމާވީ އެސްއޯއެފަށް ކަމަށާއި، އެކަން އެމީހުން ނާޒިމަށް އެންގި ކަމަށް ވިދާޅުވުމުން، ހެކިވެރިޔާ ހުށަހެޅި ސަބަބުގައި އެސްއޯއެފްގެ ވާހަކަ ނެތްކަމަށް ދިފާއުން ކުރި އިއުތިރާޒުގައި ޝަރީއަތަށް ދެެންނެވުމުންވެސް ގާޒީ ޝަކީލު ވަނީ އެ އިއުތިރާޒު ބަލައިގަނެވެން ނެތްކަމަށް ނިންމަވާފައެވެ.

ވ.އާރަށަކީ ވަރަށް ފަރިތަ ރަށެއް ކަމަށާއި، ގާތް މީހެއްގެ ރަށެއް ކަން ފާހަގަކުރެއްވުމުން ދައުލަތުން ވަނީ އޭނާ އާއި ސުވާލު ކުރުން ހުއްޓާލާފައެވެ.

7 Comments

  1. ބޮޑުވަގެއްގެ ދިފާއުގައެއްކޮޅަކަށްޖެހިގެން ހިންގާ ކޮސްނޫހެއް ބޮންތިނޫހަކީ
    އަދި ތަސައްރަފުނުފުދޭ މޮޔައަކު ލިޔެފަވާލިއުމެއް!
    އެނގޭހަޖަމެއް ނުވާނެކަންވެސް!
    1 ސުވާލު ވަގުކލޭގެ އާއި މަހްސަރުމައިދާނުގައި ﷲސުވާލުކުރައްވާދުވަހު .މިނޫހުގެދަވްރުގަ އެއްވެސް ކަމެއްކޮށްދެވޭނެބާ?
    ނުވަތަ ލިޔުންލިޔުު މީހާގެ ފާފަތަށް ފުއްސަވާދެއްވުމަށް ވަގުކަލޭގެﷲގެ
    ޙަޒްރަތުގަ ދެންނެވޭނެބާ?

  2. Aarasheh baarasheh kiyaane kameh neiy. Aharumen egen beynun vanee Yameen akee bodu vageh kan saabithu kuran. Mikan nudhanna dhivessaku nuhunna iruves eyna dhookoffa mi hunna sababakee bodu mujizaathehnu!

  3. ކޮށްކޯ ތިހައްތާވެސް ބަނޑުކަލް ހަވާލުދާރު !
    ބުނެލަންބޭނުމީ މީގެވަކިމިވެނި މީހެކޭކިޔާ ކުޑަވަގެއްނެއް!
    ހާއްސަކޮށް މިރާއްޖޭގެ ތާރީޚް ކަޅުކޮށްލިމީހެއްޔާމީނަކީ ! އެކަލޭގެއަށް އެހުރީރުފިޔަލްމީނިޔާ& ޑޮލަރުންމީނިޔާކިޔާބައްޔެއްޖެހިފަ !
    ކީއްކުރަން އެފާފަތަތަކުތެރެއްށް އަޅުގަނޑުމެން ވަންނަންވީ ?

  4. ތިޔަ ޝަރީއަތަށް ދުވަހަކު ސާބިތު ނުވިޔަސް އަހަރުމެން ޢެންމެންނަށްވެސް ޔާމީނަކީ މިދިވެހިރާއްޖެ ނުދެކޭވަރުގެ ބޮޑު މުލު ޢެއްކަން އެގެއެވެ. އަދި މިއަދު އޭނަގެ ފަހަތުގައި މިތިބީވެސް އޭގެ ކުދިކުދި އެއްޗެހިތަކެއް ކަންވެސް އެގެއެވެ. އެހެނަސް ގިނަ ދިވެހިންނަކީ މުއުމިނުންނެވެ. އިރާދަ ކުރެއްވިއްޔާ އެއްހަރަކުން ދެފަހަރު ކައްޓެއް ނުޖެހޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button