ޚަބަރު

އެމްޑީޕީ ރާއްޕެ ކަމަށް ބެލެވޭ މީހަކު ލިވާތު ކުރާ ވީޑިއޯއެއް އާންމުވުމުން މަގާމުން ވަކިކޮށްފި!

އިސްލާމިކް މިނިސްޓްރީގެ ސީނިއަރ އެގްޒެކިއުޓިވް ޑިރެކްޓަރ އިބްރާހިމް ރާފިއު (ރާއްޕެ) ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމު ވެއްޖެއެވެ.

މިހާރު އިސްލާމިކް މިނިސްޓްރީގެ ސީނިއަރ އެގްޒެކިއުޓިވް ޑިރެކްޓަރ އިބްރާހިމް ރާފިއު (ރާއްޕެ) އާމުންނަށް އެނގިގެން ދިޔައީ އެމްޑީޕީގެ ޖަލްސާތައް ފެށުމުގެ ގޮތުން ޤުރުއާން ކިޔަވާ މީހެއްގެ ގޮތުގައެވެ. ނަމަވެސް މި ސަރުކާރު އައިފަހުން ރާއްޕެއަށް ވަނީ އިސްލާމިކް މިނިސްޓްރީގެ ސީނިއަރ އެގްޒެކިއުޓިވް ޑިރެކްޓަރ ކަންދީފައެވެ.

ސަރުކާރުން މިއަދު ވިދާޅުވީ އިބްރާހިމް ރާފިއު (ރާއްޕެ) ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ އެއްޖިންސުން ގުޅުންހިންގާ ވީޑިއޯއެއް އާންމު ވުމުގެ ކުރިން ރާއްޕެ ފުރަމުން އައި މަގާމު އިސްލާމިކް މިނިސްޓްރީގެ ސީނިއަރ އެގްޒެކިއުޓިވް ޑިރެކްޓަރ ކަމުން ވަނީ ވަކިކުރެވި ފަކަމަށެވެ.

މީސް މީޑިއާ ލީކުވެފައިވާ ވީޑިއޯގައި ފެންނަނީ ރާއްޖޭގައި ރިކޯޑު އަދަދަކަށް އެއްޖިންސުން ގުޅުން ހިންގާފައިވާ އެމްޑީ އަލަމްގީރް ނަމަކަށް ކިޔާ ބަންގްލަދޭޝްގެ ފިރިހެނަކާއެކު ރާއްޕެ ކަމަށް ތުހުމަތު ކުރެވޭ މީހާ ކޮޓަރިއެއްގެ އެނދުމަތީ އިރުކޮޅަކު ތިބުމަށް ފަހު އެއްޖިންސުން ގުޅުން ހިންގާ މަންޒަރެވެ.

މިފަހުން ވަނީ ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އަންނަނީ ވަޒީފާތަކުން ވަކިކުރަމުންނެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button