ޚަބަރު

ލާއިންސާނީ އަމަލު ހިންގި ފަރާތަށް ހައްގު އަދަބު ދިނުމަށް އިދިކޮޅުން ގޮވާލައިފި

ހ.ޝީރީން ވިލާގެ 9 ވަނަ ފަންގިފިލާގައި މަރާލައިފާ އޮއްވާ ފެނުނު ޒުވާން އަންހެން ކުއްޖާ ޝިއާއު މުހައްމަދު ސައީދު، 22 ގެ ގާތިލު ކަމަށް ތުހުމަތު ކުރާ ފ.ނިލަންދޫ ފިނިފެންމާގެ، އަލީ ޝާހިލް، 23 އަށް އެންމެ ހަރުކަށި އަދަބު ދިނުމަށް އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ނެރުނު ބަޔާނުގައި ގޮވާލައިފިއެވެ.

މަރާލައިފާ އޮއްވާ ފެނުނު ޝިއާއު އަށާއި، އާއިލާއަށް އިންސާފު ހޯދައިދީ، ތަހުގީގު ވީހާވެސް އަވަސް ކޮށްދިނުމަށް ވަނީ ގޮވާލާފައެވެ.

އިދިކޮޅުން ބުނީ އެއްވެސް ރަހުމެއް ނެތި އަނިޔާވެރިކަމާއެކު ޒުވާން އަންހެން ކުއްޖަކު މަރާލާފައި ވާ މައްސަލައިގެ ކަންބޮޑުވުން އެ ކޯލިޝަނުން ފާޅު ކުރަނީ ވަރަށްވެސް އަސަރާއެކު ކަމަށާއި ޝިއާއުއަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށާއި ރަހުމަތްތެރިންނަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރާ ކަމަށެވެ.

ޝިއާއުގެ ޢާއިލާއަށާއި ރަޙުމަތްތެރިންނަށް ޕީޕީއެމް ގެ ރައީސް، ރައީސް ޔާމީން ޢަބްދުލްޤައްޔޫމާއި، އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕާއި ސެނެޓާއި ސްޓިއަރިންގ ކޮމިޓިތަކާއި ޢާންމު މެންބަރުންގެ ނަމުގައި ވަނީ ތަޢުޒިޔާ ދަންނަވާފައެވެ.

 

2 Comments

  1. މީހުން މެރު މާ އެއްޖިންސުންގުޅުންހިންގު މާ މިކަންކަ މައްސަރުކާރުންހިއްވަރުދެނިއްޔޭބުނު މަކުން މިދޮގަކައްނުވާނެ
    މިކަންކަ މާގުޅިގެން ސަރުކާރުއޮ ތީނިދާ ފަ ބަހެއްވެސްނުބުނެ މިކަންކަން މިއާލާކުރުވާސަރުކާރެއް
    މިދޮގަކައްނުވާނެއެހެންނަ މަމ މިކަންކަ މުގަބަހެއްބުނިސް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button