ޚަބަރު

އޮޅިގެން ނުބައި ތާރީހެއް ޖެހިގެން ގްރީން ޓެކްސް ނެގުން ހުއްޓުމަކަށް، ފޫ ނުބެއްދޭވަރުގެ ގެއްލުމެއް!

ފަތުރުވެރިކަމާ ބެހޭ ގާނޫނަށް މިދިޔަ ޖުލައި މަހު ގެނައި އިސްލާހެއްގައި އޮޅިގެން ނުބައި ތާރީހެއް ޖެހިފައި އޮތުމުގެ ސަބަބުން ގްރީން ޓެކްސް ނެގުން ހުއްޓުމަކަށް އައިސް ދައުލަތުގެ އާމްދަނީން ފޫ ނުބެއްދޭނެވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.

އެނގިފައިވާގޮތުގައި ޖުލައި މަހުގެ 3 ވަނަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ 34 ވަނަ މާއްދާ އިސްލާހުކޮށްފައި އޮތް ގޮތުން ގްރީން ޓެކްސް ނަގަން ފަށަނީ 1 ޖަނަވަރީ 2023 ވަނަ ދުވަހުން ފެށިގެންނެވެ. އެކަމަކު އެ އިސްލާހުގައި 2023 ޖެހިފައި ވަނީ، އިދާރީ އޮޅުމަކުންނެވެ. އަދި އެ މާއްދާ މިހާރު އޮތް ގޮތުން މީރާއަށް ގްރީން ޓެކްސް ނުނެގޭނެއެވެ.

މައުލޫމާތު އެނގޭ ފިނޭންސްގެ މުވައްޒަފަކު ބުނީ ދެން އޮތް ހަމައެކަނި ގޮތަކީ އާ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމެވެ.

ދިވެހިރާއްޖޭގެ ގާނޫނުގައި ނެތް ކަމެއް ނުވަތަ ގާނޫނަށް ގެންނަ އިސްލާހަކުން ބަދަލުވާ ކަމެއްގައި އަމަލު ކުރަން ޖެހޭނީ ގާނޫނުގަިއ ބަޔާންކުރާ ގޮތުގެ މަތިން ކަމަށް ވާއިރު އާ ބިލެއް ސަރުކާރުން ވަރަށް އަވަހަށް މަޖިލީހަށް ފޮނުވާނެ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެރި އޮޅުމުގެ ސަބަބުން ގްރީން ޓެކުހުން ދައުލަތަށް ލިބޭނޭ ކަމަށް ލަފާކުރި އާމްދަނީއިން ގާތްގަނޑަކަށް 350 މިލިއަން ރުފިޔާ ގެއްލުމުގެ ބިރު އެބައޮތެވެ.

ޖޫން މަހާ ހަމައަށް ގްރީން ޓެކުހުން ދައުލަތަށް ވަނީ 547 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ. ގްރީން ޓެކުހުގެ ގޮތުގައި  ކޮންމެ ޓޫރިސްޓެއްގެ އަތުންވެސް ރެއަކާއި ދުވާލަށް 6 ޑޮލަރު އައީ ނަގަމުންނެވެ. އެކަމަކު ރަށްރަށުގައި ހަދާފައި ހުންނަ 50 ކޮޓަރިއަށް ވުރެ މަދު ގެސްޓްހައުސްތަކުން ނަގަމުން އައީ 3 ޑޮލަރެވެ.

2 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button