ޚަބަރު

ޔޯގާ ހައްޔަރީން ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއްގައި

ޔޯގާ ހަރަކާތް ހުއްޓުވާލުމަށް ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ފަރާތްތައް ބަންދުގައި ތިބެ ބަނޑުހައިހޫނުކަމުގެ ހަޅުތާޅެއް ކުރަން ފަށައިފިއެވެ.

މިކަން ހާމަކޮށް މި މައްސަލައިގައި ބަންދުކުރުކުރަމަށްފަހު މިހާރު ދޫކޮށްލާާފައިވާ ޝެއިހް ފަޒްލޫން ބިން މުހައްމަދު ފޭސްބުކްގައި ހިއްސާ ކުރެއްވި ގޮތުގައި, މި މައްސަލައިގައި ހައްޔަރުކުރެވުނު ހައްޔަރީން މިވަގުތު ދަނީ ބަންދުގައި ތިބެ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންނެވެ.

ޝެއިހް ވިދާޅުވިގޮތުގައި ހައްޔަރީން މި ހަޅުތާޅު ކުރަމުންދަނީ, އުސޫލާއި އެއްގޮތަށް އާއިލާއާއި ބައްދަލުކުރުމުގެ ފުރުސަތު ނުދޭތީއާއި, ބަންދުކޮށްފައި ތިބި ގޮޅިތަކުގެ ފަންކާތައް ރަނގަޅުކޮށް ނުދޭތީއެވެ. އެގޮތުން ބަންދުގައި ތިބި ފަރާތްތަކަށް ހަފްތާއަކު އެއްފަހަރު ދޭންޖެހޭ އާއިލީ ބައްދަލުވުން 3 ހަފްތާއިންވެސް ނުލިބޭ ކަމަށާއި, ގޮޅިތަކުގައި ހުރި ފަންކާތައް ހަލާކުވެފައި ހުރުމުގެ ސަބަބުން ނިދުމަށް އިންތިހާއަށް އުނދަގޫވާ ކަމަށް ޝެއިހް ވިދާޅުވިއެވެ.

މީގެ އިތުރުން ހައްޔަރީން ޑޮކްޓަރަށް ދެއްކުމަށްވެސް ދަތިކުރަމުން އަންނަ ކަމަށާއި. ޑޮކްޓަރަށް ދެއްކުމަށް ނޯޓު ކުރާތާ 2 ހަފްތާ ވެގެން ދާއިރުވެސް އެފުރުސަތު ނުދޭކަމަށް ޝެއިހް ފަޒްލޫން ވިދާޅުވިއެވެ. އަދި އިސްތިއުނާފް މުއްދަތު ހަމަވެފައިވާއިރުވެސް, ކޯޓު އަމުރު ނުދީ ބަންދުގައި ބައިތިއްބާފައިވާ ކަމަށާއި, ހައްޔަރީން ބަނޑުހައިހޫނުކަމުގެ ހަޅުތާޅު ކުރަމުންދަނީ މި ސަބަބުތަކަށް ކަމަށް ޝެއިހް ވިދާޅުވިއެވެ.

މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތް ހުއްޓުވާލުމަށް ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ޖުމްލަ 22 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރެއިން ގިނަ ފަރާތްތަކެއް މިހާރު ދޫކޮށްލާފައިވާއިރު, ދީނީ އިލްމުވެރިޔާ ޝެއިހް ނިޝާން އާއި ޕީޕީއެމްގެ ސެނެޓަރ މުހައްމަދު އިސްމާއިލް ހިމެނޭގޮތުން 10 ފަރާތެއް އަދިވެސް ތިބީ ބަންދުގައެވެ.

ހައްޔަރުކުރެވުނު ފަރާތްތަކާއި ދެކޮޅަށް ދައުލަތުން ޓެރަރިޒަމްގެ އަމަލެއް ހިންގާފައިވާ ކަމުގެ ތުހުމަތާއި, ތޫނު ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތު ކޮށްފައިވީނަމަވެސް, މީގެން އެއްވެސް ތުހުމަތަކަށް ދަލީލުކުރާ ހެއްކެއް އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ.

 

2 Comments

  1. ތިމާގެ ޞިއްޙަތަށް ގެއްލުންވާފަދަ ކަންކަން ކުރުމަކީ އިސްލާމްދީން ހުއްދަ ކުރާ ކަމެއް ނޫން ކަމަށް، ހައްޔަރީންނަށް ނަޞޭޙަތް ނުދެއްވާ ޝައިޚް ވެސް އެކަމަށް ހިއްވަރު ދެއްވަނީތޯ…؟

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button