މާލޭ ސިޓީ ކައުންސިލް އިން 3 ހިދުމަތެއް ދޭން ފަށައިފި
މާލޭ ސިޓީ ކައުންސިލުން އިތުރު ތިން ހިދުމަތެއް ދޭން ފަށައިފިކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ.މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކައުންސިލްގެ ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް ދިނުމުގެ ގޮތުން މިޔަދު ތަޢާރަފްކުރި ”މާވެހި“ ޕޯޓަލްގެ ސަބަބުން ރައްޔިތުންނަށް އިތުރު ލުޔަކަށް ވަާނެ ކަމަށާއި އަދި ޕޮލިސް ކޮންޓެބިޔުލަރީގެ ޚިދުމަތް، ކައުންސިލްގެ ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް ދިނުމަށް ތަޢާރަފްކުރި ”މާވެހި“ ޕޯޓަލްގެ ޒަރީޔާއިން ލިބިގެން ދާނެ ކަމުގައެވެ.
ޑރ.މުއިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ”ގެދޮރުވެރިޔާ“ އަދި ”ބިންވެރިޔާ“ ފޯމު ފުރުމުގައި ވެސް އެހީތެރިކަން ފޯރުކޮށްދިނުން ކައުންސިލުން ކުރިޔަށް ދާނެއެވެ.
ކައުންސިލުން 3 ޚިދުމަތެއް ދޭން މިއަަދު ވަނީ ފަށާފައި. ޕޮލިސް ކޮންޓެބިޔުލަރީގެ ޚިދުމަތް، ކައުންސިލްގެ ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް ދިނުމަށް ތަޢާރަފްކުރި "މާވެހި" ޕޯޓަލްގެ ޚިދުމަތް އަދި، "ގެދޮރުވެރިޔާ"އަދި"ބިންވެރިޔާ" ފޯމު ފުރުމުގައި ކައުންސިލުން އެހީތެރިކަން ފޯރުކޮށްދިނުން
— Dr Mohamed Muizzu (@MMuizzu) August 1, 2022
މާލޭ ސިޓީ ކައުންސިލުން މިފަހަކަށް އައިސް ފާހަގަ ވެގެން ގޮސްފައިވަނީ މާލޭގެ ރައްޔިތުންނަށް ބޭނުން ޖެހިފައިވާ ގިނަކަންތައް ތަކެއް ވަރަށް ބާރު ދުވެއްޔެއްގައި ކުރާތަނެއްގެ ގޮތުގައެވެ.