ޚަބަރުސިޔާސީ

2023 ގައި ރައްޔިތުން އުފަލާއެކު ރައީސް ޔާމީން އިންތިޚާބުކުރާނެ: ޑރ.ޖަމީލް

2023 ގައި އޮއްނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަކުރައްވާ އިރު، ރައްޔިތުން އުފަލާއެކު އެމަނިކުފާނު އިންތިޚާބުކުރާނެކަމީ ޔަގީން ކަމެއްކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވެފައި މިވަނީ ރޭގެ ވަގުތެއްގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް އެ ޕާޓީގެ ސެނެޓުން ނިންމުމާ ގުޅިގެން މަރުހަބާ ދެންނެވުމުގެ ގޮތުން ކުރެއްވި ޓުވިޓެއްގައެވެ.
ޑރ. ޖަމީލް އިތުރަށް ވިދާޅުވި ގޮތުގައި މިއަދަކީ ޔާމީނަށް ތާއީދު ކުރަށްވާ ފަރާތްތަކަށް ބޮޑު ދުވަހެއް ކަމަށާ އެހެން ކަމުން 2023 ގައި ރައްޔިތުންގެ ހަމައެކަނި ޗޮއިސްކަން ވެސް މިޔަދު ޔަޤީން ވެއްޖެކަމަށާއި، އަދި މިކަމުން ޔަގީން ވެގެން މިދިޔައީ ޔާމީން މިނިވަންކަން ވިއްކާނުލާނެކަމާއި، ދީނުގައި ހިފަހައްޓަވާނެކަމުގައެވެ.
https://twitter.com/MJameelAhmed/status/1553944243470848007?t=QVpjEqmkWV50JY9P3zqi0A&s=19

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ވާއިރު، ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ އެމަނިކުފާނު ޖަލަށް ލުމަށް ކަމުގައި އިދިކޮޅުން ބުނެއެވެ.

One Comment

  1. ރައްޔަތުން ތިބީ އިންތިޚާބަކުން ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދޭން. އެކަމަކު ޕީޕީއެމް ލީޑަރު ޝިޕުގައި ރައީސް ޔާމީނަށް ދެވަނަ ދައުރެއް ކާމިޔާބުކޮށް ދިނުމުގެ ގާބިލްކަން އެބަހުރިބާ؟ ހަމަ ގައިމުވެސް ޙަރަކާތެއްނެތް. ޕީޕީއެމް އޮފީސް ތައް ކުނިކަހާ ސާފު ކުރުމަށް ދުވާލަކު އެއްފަހަރު އެކަކު ވަންނަ މަންޒަރު ނޫނީ ނުފެނޭ. ދުވަސްވީ ހަރުމީހުންނާއި ގުޅުން އުފައްދާ ތަނެއް ނުފެނޭ. މިފަދަ ކިތައްމެ ކަމެއް ޅަދަށުން އެބަދޭ. ކާޅު ކެޔަސް ސޮއްނުގޮވޭނެއޭ ބުނާ ފަދައިން އަގަޔެއް އޮތިއްޔާ ކާޅަކަށް ނުކެވޭނެއޭ ބުނާ ފަދައިން ދެއިރު ދެދަޅަޔަށް ދެމިޔަކަނުން ދުފާ ރައްކުޅު ފުހެމުން އަޑުގެ ކޮޅަށް ޕޯޑިއަމުގައި ވާހަކަ ދެއްކިއަސް އިންތިޚާބު ކާމިޔާބު ނުވާނެ. އެހިތްވަރެއް ޕީޕީއެމް އިސް ސަފަކުން ނުފެނޭ. މެމަބަރުންނާއި ޕާޓީއާޢި ގުޅުން ކުޑަ. ދުވަސްވީ ހަރުމީހުން ވީތަނެއް ޕާޓީއަކަށް ނޭގެ. އެހެންވީމާ ޔާމީނު ކިތައްމެ ގާބިލަސް އިންތިޚާބު ކާމިޔާބު ކުރުމުގައި ހުރި ހުރަސްތައް ނައްތާލައިގެން ނޫނީ އިންތިޚާބު ކާމިޔާބެއް ނުވާނެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button