މުނިފޫހިފިލުވުން

ކަވާސާގެ 35 ވަނަ ގިގު މިރޭ ކްލަބްހައުސްގައި

ކަވާސާގެ 35 ވަނަ ގިގު މިރޭ ކްލަބްހައުސްގައި ބާއްވަން ނިންމައިފިއެވެ.

މިރޭގެ ޝޯވް ކްލަބްހައުސްގައި ފަށާނީ 23:00 ގައެވެ. ޝޯވް ހުށަހަޅައިދޭނީ ޒުވާން މިއުޒިޝަން އާނިސް އެވެ.

ޝޯވްގެ ލިންކު

ކަވާސާއިން ބުނިގޮތުގައި މިރޭގެ ޝޯވް ސްޕޮންސަރ ކުރީ ހުޅުމާލޭގައި ހުންނަ ”ދި ކޯޓިޑިއަން“ ކެފޭގެ ފަރާތުންނެވެ.

ރާއްޖޭގެ މާލީ ހާލަތު ދަށްވެ، ސްޕޮންސަރ ހޯދުމުގެ މަސައްކަތް އުނދަގޫ ކަން ކުރީ ފަހަރެކޭ އެއްގޮތަށް މިފަހަރުވެސް ފާހަގަކުރަމުން އެ ކްލަބުން ބުނީ ޝޯވްތައް ނުހުއްޓި ކުރިޔަށް ދެވޭނެ ގޮތްތައް ހޯދަން ޖެހިފައިވާ ކަމުގައެވެ.

ކަވާސާއަކީ ވާޗުއަލް އޯޑިއޯ ކޮންސެޕްޓެއްގައި ލައިވް ގިގުތައް ރާއްޖޭގައި ބާއްވަން ފެށި ފުރަތަމަ ކްލަބެވެ. އަދި ކްލަބުގައި ރާއްޖޭގެ އެންމެ މޮޅެތި މިއުޒިޝަނުން ވަނީ ޕާފޯމް ކޮށްފައެވެ.

One Comment

Leave a Reply to Aminathu naxeera Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button