ޝިފާ އެއް ޖިންސުން ގުޅުން ހިންގި މައްސަލަ ބަލަން އާންމުން ގޮވާލައިފި!
އަންހެނަކާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ޓިކްޓޮކް ތަރި މަރިޔަމް ޝިފާގެ މައްސަލަ ބެލުމަށް އާންމުން ގޮވާލައިފިއެވެ.
ޝިފާ ހައްޔަރުކުރުމަށް އާންމުން ގޮވާލާފައި މިވަނީ އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލަ އަކާއި ގުޅިގެން ފުލުހުން ބަޔަކު ހައްޔަރުކޮށްފައިވާ ދަނޑި ވަޅެއްގައެވެ.
މި މައްސަލައިގައި ޝިފާ މީގެ ކުރިން ބުނެފައި ވަނީ އެއީ ”ޑީޕް“ އެޑިޓެއް ކަމަށެވެ. އެއަށްފަހު ޝިފާގެ ރާގު ވަނީ ބަދަލު ވެފައެވެ. ފަހުން ޝިފާ ބުނެފައިވަނީ އެއީ ސިޔާސީ ގޮތުން ބަޔަކު މަންފާއެއް ހޯދުމަށް ކުރިކަމެއް ކަމަށެވެ. އެއީ އޭނާއަށް ލިބިފައިވާ މަޝްހޫރުކަމުގެ ސަބަބުން ބަޔަކު ކޮށްފައިވާ ކަމެއްގެ ގޮތުގައި ޝީފާ އެކަން ސިފަކުރިއެވެ.
ދާދިފަހުން ދިއްފުށީގައި ބޭއްވި އީދު ޝޯ އަކުން ޝިފާ ވަނީ ބޭރުކޮށްފައެވެ. އަދި ލާމުގައި ބާއްވަން އޮތް ޝޯއަށް ވެސް އޭނާ ނުގެންދަން ވަނީ ނިންމާފައެވެ.
ފުލުހުން ވަނީ މީގެ ދުވަސް ކޮޅެއް ކުރިން ޝިފާ އެހެން އަންހެނަކާ އެކީ އެއްޖިންސުން ގުޅުން ހިންގާ މައްސަލައެއް ބަލާކަމަށް ބުނެފައެވެ. އަދި ޝިފާ ރާއްޖެއިން ބޭރަށް ނުދެވޭނެ ގޮތަކަށް އޭނާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފައެވެ. އޭގެ ފަހުން ޝިފާގެ މައްސަލާގައި ފުލުހުން އެއްވެސް ޖަވާބެއް ނުދެއެވެ.
ލިވާތު ކުރި މައްސަލައިގައި މިހާތަނަށް ވަނީ ހަތަރު މީހަކު ހައްޔަރު ކޮށްފައެވެ. އެއީ މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރާއި، ޑީއާރުޕީގެ ކުރީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދު އާއި، ޑްރަގް އެންފޯސް ޑިޕާޓުމެންޓުގެ ސީނިއާ މީހެއް ކަމުގައިވާ ސާޖަންޓް އަބްދުއްރަހުމާން ރަފީއު (ދޮންދިގު) ގެ އިތުރުން ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މަޖިލިސް މެންބަރު އަހުމަދު ސަލީމް (ސައްލެ) ގެ ހިއްސާ އޮންނަ ސަރުކާރުގެ ޕްރޮޕަގެންޑާ ފަތުރާ ޓީވީ ޗެނަލް ކަމަށްވާ ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ ނަސީރު އެވެ.
އާންމުން އަންނަނީ ހަމަހަމަ ކަމާއިއެކު އެއްޖިންސުން ގުޅުންހިންގި މީހުންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވަމުންނެވެ. އަދި މިކަންކަމަށް ގާނޫނުގައި ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވަމުންނެވެ.