ޚަބަރު

ނޫސްވެރިޔާ ނަސީރު ހައްޔަރުކޮށްފި!

އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ނޫސްވެރިޔާ ނަސީރު އިބްރާހިމް ހައްޔަރުކޮށްފިއެވެ.

ހޯރަފުށީ ދާއިރާގެ އެމްޑީޕިގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) ގެ ހިއްސާ އޮންނަ ސަރުކާރުގެ ޕްރޮޕަގެންޑާ ފަތުރާ ޓީވީ ސްޓޭޝަނެއް ކަމުގައިވާ ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ އަދި ފަހުން ޖަޒީރާ ނޫހުގެ ޗީފް އެޑިޓަރުކަން ކުރަމުންދިޔަ ނަސީރު މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ އޭނާ ކަމަށް ޝައްކު ކުރެވޭ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވި މައްސަލާގައެވެ.

ނަސީރު ކަމަށް ބެލެވޭ މީހަކު އެހެން މީހަކާއެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ތަކެއް ފެންނަ ވީޑިއޯތަކެއް މިފަހުން ވަނީ ސޯޝަލް މީޑިއާގައި ދައުރު ވެފައެވެ. އެ ވީޑިއޯ ދުށް ފަރާތްތަކުން ބުނެފައި ވަނީ އެއީ ހަމަ ނަސީރު ކަމުގައެވެ.

ނަސީރު ހައްޔަރުކޮށްފައިވާއިރު ފުލުހުން އަންނަނީ ބަންގްލަދޭޝްގެ ފިރިހެނެއް ކަމުގައިވާ އަލްމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ހިމެނޭ މީހުންވެސް ހައްޔަރުކުރަމުންނެވެ.

އެގޮތުން މިިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ ފުލުހުންގެ ވަޒީފާގައި އުޅުނު މީހަކާއި ގާނޫނީ ވަކީލު އަދި ރައީސް ނަޝިދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރުގެ އިތުރުން ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button