ޚަބަރު

ލިވާތުގެ މައްސަލަ: 2 މީހުން ހައްޔަރަށް، ނާޒިމް ސައްތާރު ވީތަނެއް ނޭނގޭ

އަލަމްގީރް ނަމަކަށް ކިޔާ ބަންގްލަދޭޝްގެ ފިރިހެނެކާއެކު ނުފޫޒުގަދަ ބޮޑުންތަކެއް ލިވާތު ކުރި މައްސަލައިގެ ތުހުމަތުގައި ފުލުހުންނަށް މިހާތަނަށް ހައްޔަރު ކުރެވުނީ އެންމެ ދެމީހުންކަން ހާމަވެއްޖެއެވެ.

މިކަމާގުޅިގެން ފުލުހުން މީގެ އިރުކޮޅެއް ކުރިން ބުނީ ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގިރް އާއެކު ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ޖިންސީ ގުޅުން ހިންގާ އެމަންޒަރުތައް ވީޑިއޯ ރެކޯޑްކޮށް އޭގެ ތެރެއިން ބައެއް ވީޑިއޯ ސޯޝަލް މީޑިޔާގައި ލީކްކޮށްފައިވާ މައްސަލައިގެ ތަޙްޤީޤަށް އެމްޑީ އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމުގައެވެ.

އެގޮތުން 45 އަހަރުގެ ދިވެހި ފިރިހެނަކާއި 35 އަހަރުގެ ދިވެހި ފިރިހެނަކު މިހާރު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރު ކުރި މީހުންގެ ވަނަވަރު ފުލުހުން ހާމަނުކުރި ނަމަވެސް ބެލެވޭގޮތުގައި އެއީ ޑީއާރުޕިގެ ކުރީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދު އާއި ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މަޖިލިސް މެންބަރު އަހުމަދު ސަލީމް (ސައްލެ) ގެ ހިއްސާ އޮންނަ ސަރުކާރުގެ ޕްރޮޕަގެންޑާ ފަތުރާ ޓީވީ ޗެނަލް ކަމަށްވާ ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ ނަސީރު އެވެ. އަދި އެއީ ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓުމެންޓުގެ ސީނިއާ މީހެއް ކަމުގައިވާ ސާޖަންޓް އަބްދުއްރަހުމާން ރަފީއު (ދޮންދިގު) ކަމުގައިވެސް ބައެއް މަސްދަރުތައް ބުނެއެވެ.

މި މައްސަލައިގައި އެންމެ ސާފު ވީޑިއޯ ލީކު ކޮށްލި މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ފިލައިގެން ގޮސް އަރިއަތޮޅުގެ ރިސޯޓެއް ކަމުގައިވާ މާޔާފުށީގައި ހުރިކަމަށް މީސް މީޑިއާގައި ވާހަކަ ދެކެވެއެވެ. އެކަމަކު އެކަން އަދި ކަށަވަރެއް ނުވެއެވެ.

މި މައްސަލައިގައި ފުލުހުން އިތުރަށް ބުނީ ބައެއް މީހުންގެ ވީޑިއޯއާއި ފޮޓޯތައް އާންމުވި ވަގުތު ބައެއް ފަރާތްތަކުން އެކި މަގްސަދުތަކުގައި ސައްހަ ނޫން ފޮޓޯ ހަދައި އާންމުކުރުމާއި މިފަދަ ވިޑީއޯތަކުގައި ބައެއް ފަރާތްތައް ހިމެނޭކަމަށް ގަސްތުގައި ދޮގު ޚަބަރު ފަތުރައިގެން މީހުންގެ އަބުރަށް އަރައިގަތުމަށާއި ބަދުނާމުކޮށް ޖިނާޢީ އަދުލުގެ ނިޒާމްގެ ބޭނުން ނަހަމަގޮތުގައި އެފަދަ މީހުން ނުރުހޭ މީހުންގެ މައްޗަށް ހިންގުމަށް މަގުފަހިކުރުވުމަށް މަސައްކަތްކުރަމުންދިޔަަކަމަށް ފާހަގަކުރެވޭތީ މިފަދަ ފޮޓޯއާއި ވީޑިއޯ ހިމެނޭ މައްސަލަތަކުގައި ތަހުގީގީ ވަކި ފިޔަވަޅުތަކެއް ފަރުދީގޮތުން މީހުންނާއި މެދު އެޅުމުގެ ކުރިން ވީޑިއޯއާއި ފޮޓޯތަކުގެ ފޮރެންސިކް ތަހުލީލުތައް ފުލުހުންގެ ފޮރެންސިކް ސަރވިސްއިންކޮށް، ވީޑީއޯއާއި ފޮޓޯތަކުގެ ސައްހަކަށް ކަށަވަރުކޮށް، އެފަދަ އެވިޑެންސްތަކުގައި ހިމެނޭ މީހުންގެ އައިޑެންޓީޓީ ފޮރެސިކް ތަޙްލީލުން ކަށަވަރުކުރުމަށް މި މަސައްކަތްކުރަމުންދާކަމުގައެވެ.

އެގޮތުން ޖިނާޢީ އަދުލުގެ ނިޒާމަށް ބޭނުންވާ މިންގަނޑަށް ފޮރެންސިކް އެނަލިސިސް ހެދުމަކީ ގިނަ ވަގުތު ހޭދަވާ ކަމެއް ކަމަށާއި، މިހާތަނަށް ފޮރެންސިކް ތަހްލީލުތަކުން ކަށަވަރުކުރެވިފައިވާ ވީޑިއޯ އެވީޑެންސްތަކުގައި ހިމެނޭ މީހުންގެ މައްޗަށް ތަހުގީގީ އިޖުރާއަތުތައް ހިންގަމުންދާ ކަމުގައެވެ.

”މީގެ ތެރޭގައި ތަހުގީގަށް މީހުން ހައްޔަރުކުރުމާއި މި ފަދަ މައްސަލަތަކުގައި އެކަށީގެންވާ މިންވަރަށް ހެއްކާއި ޤާރީނާ ހޯދިފައިވާ ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތައް ނިސްބަތްވާ އޮފީސްތަަކަށް އެމީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާކަން އަންގާފައިވާނެ.“ ފުލުހުން ބުންޏެވެ.

ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޮރުވައި ވަކި ބައެއްގެ މައްސަލަތައް ނުބަލައި ނުވަތަ މަޑު ޖައްސާލުމަށް ފުލުހުންނަށް އަންގަމުންދާކަމަށް ފަތުރާފައިވާ ޚަބަރަކީ އެއްވެސް އަސާސެއްނެތް ދޮގު ތުހުމަތެއްކަން ފުލުހުން ފާހަގަކުރެއްވިއެވެ. އަދި އެއްވެސް ފަރާތަކުން މިމައްސަލައިގައި ފުލުހުން ކުރަމުން ގެންދާ ތަހުގީގު ވަކި ގޮތަކަށް ގެންދިއުމަށް ނުވަތަ ވަކި ފަރާތެއްގެ މައްސަލައަށް ވަކި ގޮތެއް ހެދުމަށް ނުފޫޒެއް ފޯރުވާފައިނުވާކަމުގެ ޔަގީންކަންވެސް ފުލުހުން ވަނީ ދީފައެވެ.

މިމައްސަލައިގެ އިތުރު ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން މިހާރު ދަނީ ކުރަމުންނެވެ.

ލިވާތުގެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ވަނަވަރު ހާމަ ނުކުރަނީ ކީއްވެތޯ ފުލުހުންނާ ސުވާލު ކުރުމުން ބުނީ ވަނަވަރު ހާމަކުރުމުގައި ފުލުހުން އަމަލުކުރާ އާންމު މިންގަނޑަކީ ކޯޓަށް ހާޒިރުކުރުމަށްފަހު ހާމަކުރަންޖެހޭ މައްސަލަތަކުގައި ވަނަވަރު ހާމަކުރުން ކަމުގައެވެ.

މި މައްސަލައިގައި ނާޒިމް ސައްތާރު ހައްޔަރު ކޮށްފައިވޭތޯ އާއި އޭނާ ވީތަން އެނގޭތޯ ފުލުހުންނާ ކުރި ސުވާލަށް ޖަވާބެއް ނުދެއެވެ.

One Comment

  1. ވީތަނެން ނޭގިހުންނާނނެތަ ކޮމްމެވެސްތަނަކަން ފުރުވާލީކަމަންވާނި ހަޖޫޖަހާފުރަށްސާރަ ކުރާ މީހުން ފޮނުވށލާހެން

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button