ނާޒިމް ސައްތާރު ހައްޔަރުކޮށްފި
އަލަމްގީރް ނަމަކަށް ކިޔާ ބަންގްލަދޭޝްގެ ފިރިހެނަކާއެކު މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ފުލުހުން އޭނާ ހައްޔަރުކޮށްފިއެވެ.
އއ.ރަސްދޫ އިން ”ބޮންތި“ އާއި ވާހަކަދެއްކި މީހަކު ބުނީ ނާޒިމް ސައްތާރު ހައްޔަރުކޮށްފައިވަނީ ވެލިގަނޑު އައިލެންޑް ރިސޯޓުން ކަމުގައެވެ. އަދި އޭނާ މިވަގުތު ހުރީ ރަސްދޫ ޕޮލިސް ސްޓޭޝަންގައި ކަމަށްވެސް ”ބޮންތި“ އަށް ވަނީ ކަށަވަރުވެފައެވެ.
ނާޒިމްގެ ވަނަވަރު ހާމަނުކުރި ނަމަވެސް ފުލުހުން ބުނީ 46 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމުގައެވެ.
މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ޑީއާރުޕީގެ ކުރީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދުގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓުމެންޓުގެ ސީނިއާ މީހެއް ކަމުގައިވާ ސާޖަންޓް އަބްދުއްރަހުމާން ރަފީއު (ދޮންދިގު) ވެސް ވަނީ މިއަދު ހައްޔަރުކޮށްފައެވެ.
Baraabaru police