ޚަބަރުސިޔާސީ

މިނިވަން ދުވަހާ ގުޅިގެން ރައީސް ޔާމީންގެ ހާއްސަ މެސެޖެއް!

މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ފަހުރުވެރި މިނިވަން ދުވަހާ ގުޅިގެން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ހާއްސަ މެސެޖެއް ޓުވިޓާ މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންނަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރަށް ފޮނުއްވައިފިއެވެ.

ރައީސް ޔާމީން ވަނީ ރާއްޖެ މިނިވަންކަންމަތީ އަބަދަށް ލެހެއްޓެވުމަށް އެދި ﷲ އަށް ދުއާ ކުރައްވާފައެވެ. ގައުމަށް ޣައްދާރުވެފައިވާ ހާއިނުން ބަލިކަށިކުރެއްވުމަށް އެދިވެސް އެމަނިކުފާނު ވަނީ ﷲ އަށް ދުއާ ކުރައްވާފައެވެ.

ރައީސް ޔާމިންގެ ޓުވީޓު ނިންމަވާލެއްވީ ގައުމަށް އުފާ ފާގަތިކަން މިންވަރު ކުރެއްވުން އެދި ﷲ އަށް ދުއާ ކުރައްވަމުންނެވެ. ބެލެވޭގޮތުގައި ހާއިނުންގެ ގޮތުގައި ރައީސް ޔާމިން ސިފަކުރައްވާފައިވަނީ އިންޑިއާ އާއި އެކު ގޮތް ނޭނގޭ ސިއްރު އެއްބަސްވުންތައް ހަދައި، އެގައުމުގެ ޖާސޫސޫންނާއި އަސްކަރީން ރާއްޖޭގައި ބޭތިއްބި މައްސަލައިގައި ސަރުކާރު ކޯލިޝަން ލީޑަރުންނަށެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button