ޚަބަރުސިޔާސީ

ރައީސް ރަނގަޅުވެގެން ނޫނީ ގައުމު ރަނގަޅެއް ނުވާނެ: އިމްރާން

ރައީސް ރަނގަޅުވެގެން ނޫނީ ގައުމު ރަނގަޅެއް ނުވާނެ ކަމަށް މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިހާރަކަށް އައިސް ޓުވިޓާގައި މިނިސްޓަރު އިމްރާން އަންނަނީ ވަރަށް ގިނައިން މި ސަރުކާރަށް ވައްބަހުން ޖަހަމުންނެވެ. ސަބަބަކަށް ބެލެވެނީ މިފަހުން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ދީނީ އިލްމުވެރިން ހައްޔަރު ކުރި މައްސަލާގައި މިނިސްޓަރު އިމްރާން އަށްވެސް ފާޑުކިއުން އަމާޒުވުމާ ގުޅިގެންނެވެ. އެގޮތުން ރޭގެ ދަންވަރުގެ ވަގުތެއްގައި ވެސް ސަރުކާރަށް އަމާޒުކޮށް އިމްރާން ވަނީ ޓުވީޓެއް ކުރައްވާފައެވެ.

”ރައީސް އަކަށް ހުނަވާ ބޭފުޅަކީ ހެޔޮލަފާ ރަގަޅު ބޭޕުޅަކަށް ވިޔަސް ސަރުކާރު ހިންގަވަން ތިއްބަވާ ގިނަ ބޭފުޅުން ރަނގަޅުވެގެން މެނުވީ ގައުމު ރަގަޅުނުވާނެ. ހަމައެހެންމެ ސަރުކާރުގައި ތިއްބަވާ ގިނަ ބޭފުޅުން ރަނގަޅު ވިއަސް ރައީސް ރަނގަޅުވެގެން މެނުވީ ގައުމު ރަނގަޅު ނުވާނެ.“ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީ ސަރުކާރުގައި އޮވެމެ ދީނުގެ ހިމާޔަތުގައި ނުކުމެ ކުރާ މަސައްކަތާ އެއްވަރަށް އެއްވެސް ބަޔަކަށް މަސައްކަތް ނުކުރެވޭނެ ކަމުގައެވެ. އެމަނިކުފާނު އެހެން ވިދާޅުވުމާގުޅިގެން އަމިއްލަ ޕާޓީގެ ތެރޭގައި ވެސް ހޫނުފެނަށް ވަނީ ވެއްޓިފައެވެ.

3 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button