
ޗާގޯސް މައްސަލައިގައި ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ގެއްލޭގޮތަށް ނިމިގެންދިއުމުން ދިވެހިސަރުކާރުގެ ވެރިންނާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އެކަން ދިފާޢުކުރަމުންދަނިކޮށް ކުރީގެ ބަންޑާރަނައިބުންނާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއްގަލަކަށްއަރާ މިކަމާދެކޮޅަށް އަޑުއުފުލަންފެށުމުން މިސަރުކާރުގެ ހޯމްމިނިސްޓަރު އިމްރާން އެފަރާތްތަކަށް މަލާމާތް ރައްދުކުރައްވައިފިއެވެ.
ދިވެހިންނަށް ގެއްލުނު ސަރަޙައްދު ހޯދުމަށް އެމްޑީޕީގެ ރައީސް އިބްރާހިމް ފެކްޝަން ނޫން ހުރިހާ ސިޔާސީ ޕާޓީތަކުން ގުޅިގެން މަސައްކަތް ކުރަމުންދާތީ އެކަމަށް ފާޑުވިދާޅުވެ އިމްރާން ވަނީ ޓްވީޓެއް ކުރައްވާފައެވެ.
އޭނާގެ ޓްވީޓްގައި ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދެނީ ޗާގޯސް މައްސަލަ އެންމެ ގަދަޔަށް ދައްކާ މީހަކަށް ކަމަށް އެޕާޓީގެ މެންބަރުން ޤަބޫލު ކުރައްވާ ކަމަށެވެ. ޕީޕީއެމަށް އަމާޒުކުރައްވައި އިމްރާން ވިދާޅުވީ، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދެނީ ޗާގޯސް މައްސަލަ ހޫނު ކުރުމަށް އެންމެ ގަދަޔަށް ވާހަކަ ދައްކަވާ، އެކަމުގައި އެންމެ ކުރީ ސަފުގައި މުޒާހަރާކުރާ، ބޭފުޅަކަށް ކަމަށް ޤަބޫލުކޮށް، އެކަމަށް ފައި ނަންގަވާ ބޭފުޅުން ގިނަވާކަން އިމްރާނަށް ފާހަގަވާން ފަށައިފިކަމަށެވެ.
PPM ge Riyasee tiket dhenee Chagos massala hoonukurumah enme gadhayah vaahaka dhakkaa,enme kureegai muzahara lead kuraa beyfulhakah kamah gaboolu kurevi ekamah fai nangavaa beyfulhun ginavaakan faahagavaan fashaifi.
— Imran Abdulla (@ShimranAb) May 6, 2023
މިއާއެކު އެތައް ބައެއްގެ ފާޑުކިޔުން މިނިސްޓަރު އިމްރާނަށް ދަނީ އަމާޒުވަމުންނެވެ. އަދި މާޒީގައި އިމްރާން ހެއްދެވި އިތުރުފުޅުތަކާއި ސިޔާސީ މަންފާއަށް ދެއްކެވި ބުރަދަނެއްނެތް ވާހަކަތައް އެކި ފަރާތްތަކުން ހަނދާންކޮށްދޭން ފަށައިފިއެވެ. އެގޮތުން ތާރީޚުގެ ތެރެއިން އިމްރާން ގެ ޢަމަލުތަކަށް ބަލާއިރު އޭނާ އަކީ ޢިލްމުވެރިއެއްކަން ޤަބޫލްކުރާނެ އެއްވެސް ރައްޔިތެއް ދިވެހިރާއްޖޭގަ މިހާރަކު ނެތްކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލް ވިދާޅުވިއެވެ.
މިހިރަ ފެންނަނީ ތާރީހުގެ ތެރެއިން ތިމާގެ ހުރި މުނާފިގުކަން ދިވެހިރާއްޖޭގަ މިހާރަކުނެތް ތީ އިލްމުވެރިއެއްކަން ގަބޫލްކުރާނެ އެއްވެސް ރައްޔިތެއް https://t.co/zQaCkvgQKX pic.twitter.com/L5glx8sjOF
— Mohamed Ismail (@MPMohdIsmail) May 6, 2023