ޚަބަރު
ބޮމުގެ އިންޒާރަކާއި ގުޅިގެން މާލޭގެ ބައެއް ސަރަޙައްދު ބަންދުކޮށްފި
ބޮމުގެ އިންޒާރަކާއިއެކު މާލޭގެ އެކި ސަރަޙައްދުތައް ބަންދުކޮށް ފުލުހުންނާއި ސިފައިން އެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ބޮމުގެ އިންޒާރުދިން މެސެޖެކާއި ގުޅިގެން ފުލުހުންނާއި ސިފައިން ބޮޑުތަކުރުފާނު މަގު، އާޓިފިޝަލް ބީޗު ކައިރީގައި ހުންނަ ޗައިނާ އެމްބަސީ ކައިރީގައި އާއި ގްރީންޒޯން ހިމެނޭ ސަރަޙައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އެ ސަރަޙައްދުތައް ވަނީ އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައެވެ.
އިންޒާރާއި ގުޅިގެން ކްރިމިނަލް ކޯޓު ކައިރިން އޯކިޑް މަގާއި ޕީޕީއެމް އޮފީސް ހިމެނޭ ސަރަޙައްދުވެސް ވަނީ ބަންދުކޮށްފައެވެ.
މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ހޯދަން މަސައްކަތްކުރި ނަމަވެސް ފުލުހުންނާއި އެމްއެންޑީއެފްގެ ފަރާތުން އަދި މިހާތަނަށް ރަސްމީ ބަހެއް ވިދާޅުވެފައެއް ނުވެއެވެ.