ޚަބަރުސިޔާސީ

ހަރަދުތައް ކޮންޓްރޯލު ނުކުރެވިއްޖެނަމަ، އަންނަ އަހަރުގެ ބަޖެޓު 46 ބިލިއަނަށް އަރާނެ

ހަރަދުތައް ކޮންޓްރޯލު ނުކުރެވިއްޖެނަމަ، އަންނަ އަހަރުގެ ބަޖެޓު 46 ބިލިއަނަށް އަރާނެ ކަމުގައި މާލީ ވަޒީރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސުން މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވިދާޅުވީ ސިޔާސަތުތަކަށް ބަދަލެއް ނުގެނެސް މިހާރު މާލީ ކަންކަން ރޭވިފައި އޮގް ގޮތަށް ކުރިޔަށް ދާނަމަ، ދައުލަތުގެ އާމްދަނީއަށްވުރެ ހަރަދު ބޮޑުތަނުން އިތުރުވެގެން ދާނެ ކަމުގައެވެ. އަދި ދަރަންޏާއި ފިސްކަލް ޕޮލިސީ ނުވަތަ ހަރަދު ކުޑަކުރުމުގެ ސިޔާސަތު ދެމެހެއްޓުމަށް ގޮންޖެހުންތަކެއް ކުރިމަތިވެގެން ދާނެ ކަމުގައެވެ.

”މިއީ ބޭރުގެ މާލީ ހާލަތަށް ބަލާއިރު ފައިނޭންސް ކުރެވޭނެ ވަރެއް ނޫން. ފައިނޭންސް ކުރަން ޖެހުނަސް އަޅުގަނޑުމެން އެކަން ކުރަން ޖެހޭނީ ބޮޑު އަގުގަ.“ އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ކޮވިޑް-19 ގެ ހާލަތުގައި ސުކޫކު ދޫކުރި ރޭޓަށްވުރެވެސް ބޮޑު ރޭޓަކަށް އަރައިގެންދާނެ ކަމަށާއި އިންޓްރެސްޓް ރޭޓުތައް ބޮޑުވާ ހިސާބުން ސުކޫކު ދޫކުރަން ސަރުކާރުން ބޭނުން ނުވާކަމުގައެވެ.

އަމީރު ވިދާޅުވިގޮތުގައި ކޮވިޑަށްފަހު ފަތުރުވެރިކަން މަޑުމަޑުން ރަނގަޅުވެ އާމްދަނީ ލިބެން ފެށި ނަމަވެސް ހަރަދުތައް ކޮންޓްރޯލު ނުކުރެވުމުގެ ސަބަބުން އެކަމަށް ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅަން ޖެހޭ ކަމުގައެވެ. އަދި މިހާލަތުން އަރައިނުގަނެވިގެން އުޅެނިކޮށް ޔޫކްރެއިން ހަނގުރާމަ އާއި ގުޅިގެން ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނީ ކަމަށް އަމީރު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button